ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓަކަށް ނަހުލާ

ނަހުލާ އަލީ ----

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސެކްރެޓޭރިއޭޓަކަށް ނަހުލާ އަލީ ހަމަޖައްސައިފިއެވެ.

ޖާބިރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގެ ދަށުން ކޮންމެ މެންބަރަކަށްވެސް އެ މެންބަރެއްގެ ދާއިރާގެ މަސައްކަތްތައް ކުރުމަށް މަޖިލިސް އިމާރާތުގައި މޭޒެއް ހަމަޖެހި، އެތަނުގައި މަސައްކަތް ކުރުމަށްޓަކާ ސެކްރެޓޭރިއޭޓެއް ހަމަޖެއްސުމުގެ ފުރުސަތު ލިބިފައިވާތީ، ކާށިދޫ ދާއިރާގެ ސެކްރެޓޭރިއޭޓެއްގެ ގޮތުގައި ނަހުލާ އަލީ ހަމަޖައްސާފައިވާ ކަމަށެވެ.

ޖާބިރު ވަނީ ނަހުލާ އަށް މަޖިލިސް އިމާރާތަށް ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖައްސައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިލައްވައިފައެވެ.

ނަހުލާ ވަނީ ޖާބިރު ޑީއާރުޕީ އާއި ހަވާލުވެ ވަޑައިގަތުމާއެކު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމާ ހަވާލުވެފައެވެ. އޭގެ ފަހުން ޕީޕީއެމްއަށް ބަދަލުވެ ވަޑައިގެން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވިލިމާލޭ ދާއިރާ އަށް ކެމްޕެއިންވެސް ފެއްޓެވިއެވެ.

comment ކޮމެންޓް