ސުޝާންތުގެ ހަނދާނުގައި ފިލްމެއް ހަދަނީ

ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތް ސިންހް ރާޖްޕުތް---

މި މަހު 14 ވަނަ ދުވަހު މަރުވި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާޏްތު ސިންހް ރާޖްޕުތުގެ ހަނދާނުގައި އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޕްރޮޑިއުސަރު ސަންދީޕް ސިންހް ފިލްމެއް ހަދަން ނިންމައިފިއެވެ.

ސަންދީޕްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނީ މި ފިލްމަކީ އޭނާ ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ހަދާ ފިލްމެއް ކަމަށެވެ. ޕްރޮޑިއުސަރު ބުނީ ސުޝާންތު އާ އޭނާ އާ ދެމެދު އެއްބަސްވުމެއް ވެވުނު ކަމަށެވެ. އެއީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުގެ ލީޑު ބައި ސުޝާންތު ކުޅުމެވެ. އަދި އެކަމަށް ސުޝާންތު ވަނީ އެއްބަސްވެސްވެފައެވެ.

ނަމަވެސް އެ ފިލްމު ކުޅެން މިއަދު ސުޝާންތު ނެތް ނަމަވެސް އެ ފިލްމު އޭނާ ގެނެސްދޭނެ ކަމަށް ވަނީ ވަޢުދުވެފައެވެ. "ވަންދޭ ބާރަތަމް" ގެ ނަމުން ނަންދީފައިވާ އެ ފިލްމު ގެނެސްދޭނީ ސުޝާންތުގެ ހަނދާނުގައި ކަމަށްވެސް އޭނާ ވަނީ އިންސްޓަގްރާޕް ޕޯސްޓުގައި ބުނެފައެވެ. ފިލްމުގެ ޕޯސްޓަރެއް ވެސް ސުޝާންތު ހިމަނައިގެން ވަނީ ހަދާފައެވެ.

ސަންދީޕް ބުނީ ސުޝާންތު ވަކިވެދިޔަ ކަން އަދިވެސް ގަބޫލުކުރަން ދަތިކަމަށެވެ.

ސުޝާންތުގެ ހަނދާނުގައި ފިލްމެއް ހަނދަން ސަންދީޕް ނިންމިއިރު ޕްރޮޑިއުސަރު ވިޖޭ ޝޭކަރް ގުޕްތާ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައެވެ. އެ ފިލްމަށް ކިޔަނީ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ސުޝާންތު މަރާލީއެވެ. އޭނާގެ ބޮޑުބޭބެ ވެސް މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ސުޝާންތު އަމިއްލައަށް މަރުވާނެކަމަކަށް ގަބޫލުނުކުރާ ކަމަށާއި ބަޔަކު މީހުން ވެގެން އޭނާ މަރާލީ ކަމަށެވެ.

comment ކޮމެންޓް