ނިރުބަވެެރިޔާ 37

އާލިޔާ އެއަޑުއަހަން ބޭނުންނުވާނެކަން އެނގޭއިރުވެސް މެއެވެ. އޭނަ އާލިޔާގެ އިތުބާރު ގެއްލުވައިލީއެވެ. އަރްސަން ބުނީ ދޮގެއްނޫނެވެ. އެއީ ހަގީގަތެވެ. ނަމަވެސް ބައެއްފަހަރު އިންސާނާ ނުބައި މަގުސަދެއްގައި ކުރާ ކަންތައްވެސް ބަދަލުވޭތާއެވެ. ޔަގީނުންވެސް އޭނަގެ ނިޔަތް ސާފުވެއްޖެއެވެ. އާލިޔާއާއިއެކީ އުފާވެރި ދިރިއުޅުމަކަށް އެދެވެންފެށިއެވެ.

އަރްސަން ހުރީ ފާޑަކަށް ހިނިއައިސްފައެވެ.

"ތެންކްސް. ބޭނުންވިކަންތައް ތިކުރެވުނީ...." މާޒިން ހުރީ ހަމަ ރޮވިފައެވެ.

"އާ ޔޫ ކްރައިން މާޒިން.." އަރްސަން މާޒިންގެ ދަތްދޮޅީގައި ހިފަ އިސްއުފިުލިއެވެ. "ސްޓުޕިޑް. އެކަހަލަ ނިގާބީއަކާއިއެއް ދެކެ ލޯބިވެވުނީތަ؟ "

"އާލިއާ ދިޔައްޔާ ކީއްތަ؟ޝީ ވޯޒް ޖަސްޓް އެ ޕާޓް އޮފް އަވާ ލިލް ގޭމް. ނައު ޝީޒް ގޯން. ގެއްލުމެއްނެތް. އަހަރެން މިހާރު ރިވެންޖް ބޭނުމެއްނޫން. އައިމް އޯލްރެޑީ އޯވާ އަދާ. ވީމަ އާލިޔާ ހަމަ ޔޫޒްލެސް....އައިމް ފެޑް އަޕް އޮފް ހާ ޓްރައިން ޓު ޗޭންޖް ޔޫ އަދި އޭނަގެ އެންޑްލެސް ޓޯކްތައް އަޑުއަހަން. ހޫ ނޯސް. ޝީ ކުޑް ބީ އެ ނިގާބީ ބައި ޑޭ އެންޑް އެ ވޯ އެޓް ނައިޓް. މޫނު ފޮރުވައިގެން ހުރެވެސް ކޮންމެފަދަ ނުބައި ކަމެއްވެސް ކޮށްފާނެ..އައި ޑޯންޓް ވޯންޓް މައި ލިޓްލް ބްރަދާ ފޯލިން އިން ޓު ހާ ޓްރެޕް. ސޯ ލެޓް ހާ ގޯ..............." އަރްސަންގެ ވާހަކަތަކާއެކު ދެން މާޒިންގެ ގޮށްމުށުގެ ބާރު ހަމަލާއެއް އަރްސަންގެ މޫނަށް އަމާޒުވީއިރު ރެކެން ނޭގެނީއެއް ނޫނެވެ. މާޒިންއަށް ގޯހެއް ހެދުމުން ފަހުން ދެރަވެ ހިތާމަކޮށް މާފަށް އެދޭނެކަން ޔަގީންވާތީ ގަސްތުގައި ދުރަށް ނުޖެހި އަދަބު ލިބިގަތީއެވެ. އޭރުން ދެފަރާތް ހަމަހަމަވީއެވެ. ދެމީހުންވެސް ކުށްވެރިވީއެވެ.

މާޒިން ބާރަށް ހިނގާފައިގޮސް ސިޑިން ތިރިއަށް ފޭބިއެވެ.

އަރްސަން އޭނަގެ ކޮއްކޮމެން ހައްދު ފަހަނަޅާދާލެއް އަވަސްކަމާއިމެދު ހައިރާންވެސް ވިއެވެ. އެއީ ކީއްވެހެއްޔޭ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އޭނަގެ ހުރިހާ ކޮއްކޮމެން ރަގަޅުމަގުން ކަސިޔާރުވެ ނުބައި ގޯޅިއެއް އެޅީ ހަމަ އާލިޔާގެ ނުފޫޒުންނެވެ. ފުރަތަމަ ރާހިލްއެވެ. މިހާރު މާޒިންއެވެ.

އަރްސަން އެތާ ހުއްޓާ އައި ފޯނުކޯލަކުން މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެ ކުއްލި ޝޮކެއް ލިބުނުފަދައެވެ. އައި ވަޔާއެކު ނިވުނު ހުޅުކޮޅުގެ ސަބަބުން ޓެރެސްއަށް ވެރިވި އަނދިރިކަމާއެކު އަރްސަން މޭޒުގައި އަޅައިނުގަތީވެސް ކިރިޔާއެވެ. އަތުގައި ހުރި ކޮފީމަގު ދޫވެ ބިންމަތީގައި ޖެހުނު އަޑުވެސް ވައިގެ ތެރެއަށް ހިދުނެވެ. އަރްސަންއަށް ސޯފާއާއި ހަމަޔަށް ފޯރިގޮތަށް ފޯނު ކަންފަތުގައި ޖަހައިގެން އިނީ އަޑުއަހާށެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރު ނެތި ރޫހާއި ޖިސްމުވެސް ހިދނުކޮޅަކަށް ބަލިކަށިވެއްޖެއެވެ. ފޯނު ބޭއްވުގޮތަށް އޭނައަށް ހުޅުވައިލެވުނީ އަމިއްލަ އިންސްޓަގްރާމްއެވެ. އޭނަ ލާފައި ހުރި ފޮޓޯތަކެވެ. މޮޅެތި ކެޕްޝަންތައް ޖަހާފައި އެވެ. އެތައް ލައްކަ ވިއުސްއާއި ހާހުން ކޮމެންޓުތަކެވެ. މިންކާއަށްވުރެ މޮޔަ ވެފައިވާ އަންހެންކުދިންގެ ކޮމެންޓްތަކެވެ. ބުމަ ކައިރިކޮށްލައިގެން އެ އެއްޗެހި ބަލަން ހުރެފައި އެތަނުން ތެދުވެވުނީ ހުރިހާ ސޯޝަލްމީޑިއާތައް ޑީއެކްޓިވޭޓްކޮށްލާފައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން އަނދިރީގައި ހުއްޓާ ބޯކޮށް ވާރޭވެހިގަތެވެ. އަނދިރީގައި ފެންނަ ހިޔަންޏެއްފަދައިން އޭނަ އެތައް އިރެއްވާންދެން ހުއްޓެވެ.

***

ވާރޭތެރޭ އެތައް އިރެއްވުމަށްފަހު ކޮޓަރިއަށްވަދެ ފެންވަރާ ތާޒާވެލައިގެން ނުކުތީ ސޯޓަކާއި ތުނި ގަމީހެއްލައިގެންނެވެ. ފިނީގެ ސަބަބުން އެހާ އުދަގޫވެގެނެއް ނޫޅެއެވެ. ކާކޮޓަރިއަށްވަދެ ހުރިހާ އެއްޗެހީގެ ތެރެއިން ޚިޔާރުކުރީ ފްރޮސްޓީއެކެވެ. އޭނައަށް ކަމުދާ ހުރިހާ އެއްޗެއް ބޭރުން ގެނުވާފައި ގޭގައި ސްޓޮކްކޮށްލާފައި ހުރެއެވެ. މަންމަމެންގެވެސް ފެވެރިޓަކަށްވުމުން ސްކައިޕެލެސްއަށްވެސް އޭނަ ހުންނަނީ އެއްބައި ލާފައެވެ. ޕްރައިވެޓްޖެޓް މާލެ އަންނަ ކޮންމެ ފަހަރަކު ފްރޮސްޓީފަދަ އެއްޗެހި އޭނަ ގެނުވައެވެ. ތަފާތު ވައްތަރުގެ މާތައްވެސް ގެނުވަނީ މަންމައައި މާމައަށްޓަކައެވެ. އެނޫނަސް އަގުބޮޑުހަދިޔާތައް އާއިލާގެ އެންމެނަށް އޮއްސުމަކީ އަރްސަންގެ އުފަލެކެވެ. އެންމެނަށް ބޭނުންވާ އެއްޗެހި ލިބޭކަން އެނގޭއިރުވެސް އެގޮތަށް ލިބޭ ހަދިޔާތަކުން އުފާވެސް ވާނެ ނޫންހެއްޔެވެ؟

ބެލްކަނީގައި ހުރި ސޯފާގައި ދެފައި ދަމާލައިގެން އިށީދެލައިގެން އިންދާ އޭނަގެ ބައްޕަ ނިކުންނެވިއެވެ.

"ސޭމް. ދަރިފުޅާ. ކޮން ފިކުރެއްގައި؟ " މައިމޫން ގެ އަތުގައިވެސް އާވި އަރައަރާހުރި ކޮފީތަށްޓެކެވެ.

"ނަތިން ޑޭޑް........"

"ބައްޕައަށް ހީވަނީ މި ސްޓްރެސްތަކުން ދުރުވެ ސޭމްއާއި ވެރިކަން ހަވާލުކޮށްފައި އިސްތިއުފާދޭންވީހެން..އެކަމަކު ކިންގްޑަމްއެއްވެސް ނޫންވިއްޔަ. މިހާރު އަޑިން ވެރިކަން ހިންގަނީ ބައްޕަގެ ދަރިކަން ޔަގީންވެއްޖެ. ބައްޕަ ޕަޕެޓަކަށް ހަދައިގެން. " މައިމޫން ސަމާސާގޮތަކަށް ހީލެއްވިއެވެ.

"އާ ޔޫ ޑިސަޕޮއިންޓެޑް އިން މީ؟ " އަރްސަން ކަންބޮޑުވިއެވެ.

"ނެވާ. ބައްޕަ ފަޚުރުވެރިވާ ދަރިއެއް ތިއީ. ބައްޕަގެ ކުއްޖަކު ސިޔާސީ ލީޑަރަކަށްވެ ދުނިޔޭގައި ވެރިކަން ކުރާނެ ދުވަހެއް ދުށުމަކީ ހަމަ ބައްޕަގެ ހުވަފެނެއް. އެހުވަފެން ހަގީގަތަކަށް ހެދެންޏާ ހެދޭނީ ހަމައެކަނި ސޭމްއަށް. އެކަމަކު މައްސަލަގަނޑެއްވެސް އެބަހިލެއެއްނު. ކޮންމެވެސް ދީނީ ޗެނެލްއަކުން ބުނެފިއެއްނު އަރްސަން ގެ ހަތިޔާރު ފެކްޓަރީއަކުން ނޯ ރާއްޖެއަށް ހަތިޔާރު ވިއްކަނީ. އަދި އިޒްރޭލަށްވެސް ވިއްކާ ހަތިޔާރުތަކުން މުސްލިމުން ބޮލަށް ބޮން އަޅާ މަރަނީޔޯ. އެމީހުން އަތުގައި ހެކިވެސް އެބަހުއްޓޯ. އެމީހުންގެ ތެރޭވެސް ޖާސޫސުން އުޅެޔޯ. ރޭގައި ސިފައިންގެ ވެރިޔާ ގުޅުއްވާފައި ބުނުއްވި ގްރޫޕަކުން ސޭމް އެސެނިނޭޓްކުރަން އެބަ ރާވައޭ. ދަރިފުޅުގެ ބޮޑީގާޑުންނަށް އޭގެ އެއްވެސް ޚަބަރެއް ލިބިފައިވޭތަ؟ " މައިމޫން އެއްސެވިއެވެ.

"ޔެސް. އެކަމަކު އެ ޗެނެލް ބަންދުކުރުވައިފިން. އަދި އެގްރޫޕްގެ އިސްމީހުން ޖަލުގައި ތިބެ މަރުވާނީ...." އަރްސަން ބުނެލިއެވެ. "ޑޭޑް. އަސްލު ސިފައިންގެވެރިޔާއަށް އެ ޚަބަރުދިނީ އަޅުގަނޑު. އެމީހުންނަކީވެސް މާ ބޮޑުކަމެއް ކުރެވޭ ބަޔެއްނޫން...."

"އެންމެ ރަގަޅު. އެކަމާއި ވިސްނަނީ؟ ބައްޕައަށް ހިޔެއްނުވޭ ސޭމްގެ މޫޑު އެހާ ރަގަޅުހެން.."

"ވީ ހޭޑް އެ ފައިޓް. މީ އެންޑް މާޒިން.." އަރްސަން ދެލޯ ހިމަކޮށްލިއެވެ.

"ކޮންކަމަކާ؟ "

އަރްސަން އޭނައާއި މާޒިންގެ ކުޅިގަނޑުގެ ޚަބަރު އާލިޔާއަށް އެނގުނީ ކީއްވެކަން ކިޔާދިނެވެ.

"އާލިޔާ ލެފްޓް. މަހުދީވެސް ބުނެފި އެ ކައިވެނި ސައްހައެއް ނުވާނެއޭ..."

"ގޯޑް.....ދެންވާނީ ކިހިނެއްތަ؟ ދަރިފުޅަށް އެނގޭތަ؟ ކާފައާއި މާމަވެސް އާލިޔާއާއި ހެދީ ހަމަ މޮޔަވާވަރަށް ލޯބިވެފައި. ކާފަ އަދި ބުނުއްވި އެއްޗެއް ބުނެފާނަން. ކުރީ ރޭ ހަނދުކޭތައެއް ހިފިއެއްނު. އެރޭ އާލިޔާ ކޭތަ ނަމާދުގެ ވާހަކަދައްކައިގެން ފުރަތަމަ ފަހަރަށޯ ކާފައާއި މާމަ އުމުރު ދުވަހުވެސް ކޭތަ ނަމާދެއްކުރީ. އެކަމާ ވަރަށް ހިތްހަމަޖެހިފައި ކާފަމެން ތިއްބެވީ. އެންމެން ދެކެނީ އާލިޔާއަކީ ސްކައިޕެލެސްއަށް ލެއްވި ރަހުމަތެއްކަމުގައި. ދީނާއިމެދު ވިސްނަން ފެށުނު ސަބަބަކީ އެކުއްޖާ. ތި ޚަބަރު ލިބުމުން ވެދާނެ ގޮތަކާއިމެދު ޔަގީނުންވެސް ބައްޕަގެ ހިތަށް ބިރުވެރިކަން އެބަވަދޭ......."މައިމޫން ބުނުއްވިއެވެ.

"އާލިޔާމެން ކަހަލަ އެކްސްޓްރީމް ކުދިން ބަސް އެހިޔަސް މިއީ ތަފާތުކުއްޖެއް. އެހާ ބޯ ހަރު. އަނގަ ގަދަކަމުން ކޮންމެ ތާކުވެސް ލެކްޗަރު ފަށާނެ. މިގޭގައި ގިނަ ދުވަސްވެއްޖެއްޔާ ދުވަސްކޮޅަކުން އަޅުގަނޑަށް ހީވަނީ ބައްޕައާއި މަންމަވެސް ގޮވައިގެން ސީރިޔާއަށް ހިޖުރަކުރާނީހެން..." އަރްސަންގެ ވާހަކައިން މައިމޫންގެ ހުނުމުގެ އަޑު ވާރެޔާއެކުވިއެވެ. ސުކައިނާވެސް ސިޑިން ފައިބައިގެން އައީ އެވަގުތުއެވެ. ދެބަފައިން ހީހީފައި އުޅޭ މަންޒަރު ފެނުމުން ސޯފާގެ އަނެއްފަރާތުން އަރްސަން ގާތު އިށީނެވެ. އަރްސަން ކާން އިން ފްރޮސްޓީ ތަށިން އެތިކޮޅެއް ކާލުމަށްފަހު ސުކައިނާ ހިނިތުންވެލިއެވެ.

"މަންމަ ނުކާން ހުއްޓަސް މި ފޮނި އެއްޗެހި ފެނުނީމަ ނުކައި ނުހުރެވޭ. ދުވަސްކޮޅަކުން ފަލަވެގެން ބެރަކަށް ވެގެން ދާނެ......."

"ޑޯންޓް ވޮރީ މަމް. މަންމަކަހަލަ ކުދިން އަބަދު ތިބޭނީ ޒުވާންކަންމަތީ ސްލިމްކޮށް..." އަރްސަން އޭނަގެ މަންމައަށް ތައުރީފުކުރިއެވެ.

"ތެންކިއު ޑާލިން..." ސުކައިނާ އަރްސަންގެ ކޮލުގައި ހިފާލުމާއެކު ބުމަމަތީ ދުޅަވެފައި ހުރިތަން ލޮލުގައި އަޅައިގަތެވެ. ވަގުތުން ދެލޯބޮޑުކޮށްލިއެވެ. ސުވާލުކުރަން ފެށިއެވެ. އެހެން ލާފައި ދިޔަ ޚާދިމާއަކަށް އެންގީ އައިސްޕެކް ގެނެސް ދިނުމަށެވެ. އަރްސަން ވެގެން އުޅޭގޮތް ކިޔާދިންއިރު ކަނުލާ އަޑުއަހަން އިނެވެ. އޭނަ ގެ ހިތަށްވެސް ނުބައި އިހުސާސްތަކެއް ކުރެވުނެވެ. މި ބިރުވެރި ތޫފާނީރޭގައި މިގެއަށް އައި ތޫފާންވެސް ކުޑައެއްނޫނެވެ. އާލިޔާގެ ވަކިވުމަކީ އެކަކަށްވެސް ބަލައިގަންނަން ފަސޭހަކަމަކަަށް ނުވާނެއެވެ. އެހާ ކުޑަ ދުވަސްކޮޅަކުވެސް އެންމެންގެ ހިތުން ޖާގަ ހޯދައިފިއެވެ.

"މިހާރު ކޮބާ ޒިން. މަސްޓް ބީ ހާޓް ބްރޯކެން..." ސުކައިނާ އަރްސަންގެ ބުމަމަތީ އައިސްޕެކް ޖައްސާލައިގެން އިންއިރު ލޯ ފެންކަޅިވެއްޖެއެވެ.

"ނޭގޭ. " އަރްސަން ފަރުވާކުޑަގޮތަކަށް ކިޔައިލިއެވެ. "އައުޗް........."

"ތަދުވަނީތަ؟ ދަރިފުޅާ.. މިއީ ތަނެއްގައި ޖެހިގެންތަ ނޫނީ ދެބެން ތަޅާ ފޮޅައިގަތީތަ؟ މަންމައަށް ޝައްކޭ..." ސުކައިނާ އަރްސަންގެ ލޮލަށް ބަލައިލިއެވެ. އެލޮލަކީ އެހާ ފަސޭހައިން ޝުއޫރުތައް އަންގާ ޒާތުގެ ލޮލެއް ނޫނެވެ. ސިއްރުވެރި ލޮލެކެވެ. ހުރިހާ ސިއްރުތަކެއް އެލޮލުގެ ތެރޭ ފޮރުވައިގެން ހުންނަ ފަދައެވެ.

މައިމޫންވެސް އިންނެވީ ފިކުރުގެ ކަނޑަކަށް ގެއްލިފައެވެ. އާލިޔާ އެގެއަށް އައުމަށްފަހު ޔަގީނުންވެސް ދީނީ ކަންތައްތަކަށް އާއިލާ މެމްބަރުން ލޯބިކުރާވަރު އިތުރުވިއެވެ. ގުރުއާންގެ އަޑު ގޭތެރެއިން އިވޭ މިންވަރު އިތުރުވުމުން ހިތްތަކުގައި ޖަހާފައިވާ ދަބަރު ފިލާ ކޮންމެވެސް ވަރަކަށް އީމާންކަން އިތުރުވާންފެށީއެވެ. މާޒިންއާއި ވާހަކަދައްކަވާ ހިތްވަރުދެއްވަން ފޯނަށް ގުޅުއްވިއިރު އޮތީ ނިއްވާލާފައެވެ. ކޮޓަރީގެ ދޮރުގައި ޓަކިދެއްވީމަވެސް ޚަބަރެއްނުވިއެވެ. އަަަވަހަށް ނިދީ ކަމަށް ވެދާނެއެވެ. ހެނދުނު ހޭލައިގެން ވާހަކަ ދައްކާނީއެވެ. މާޒިންގެ ޚިޔާލު ހުރިގޮތެއް ބަލައިލަންޖެހޭނެއެވެ.

***

ސުކައިނާ ތައިމޫރުގެ އަންހެނުން ސޯފިއާމެންގެ އާއިލާ ޗެރިޓީ އިވެންޓެއްގައި ބައިވެރިވިއެވެ. އެމީހުން ފަންޑުކުރާ ޔޫރަޕްއަދި އެެމެރިކާގެ މެޑިކަލް ކޮލެޖްތަކާ ހޮސްޕިޓަލްތައް ހުރެއެވެ. ޚާއްސަކޮށް ސޯފިއާގެ މަންމަ ކެންސަރު ޖެހުމުގެ ސަބަބުން އެއާއިލާއިން އެކަމަށް ވަރަށް ޚަރަދުކުރެއެވެ. ކެންސަރަށް ފަރުވާ ހޯދަން ކުރާ މަސައްކަތަކަށް ސޯފިއާގެ ބޭބެމެންވެސް ފައިސާ ފެންފަދައިން އޮއްސާލައެވެ. މާތްﷲގެ ރަހުމަތްފުޅުން އެ މަންމައަށް ޝިފާ ދެއްވާ މިހާރު އުޅެނީ ހެޔޮ ހާލުގައެވެ.

ސޯފިއާމެންގެ ޚަރަދުގައި ދުނިޔޭގެ އެތަންމިތަނުން ކުދިންތައް ކިޔަވައިގެން ހޮސްޕިޓަލްތަކުގައި މަސައްކަތްކުރެއެވެ. ނިކަމެތިކަމުން ނުކިޔެވިފައި ތިބޭ ވިސްނުންތޫނު ކުދިންނަށް އެތަންތާ ތިބެގެން ކިޔަވާ އިންޓާންޝިޕް ފުރިހަމަ ކުރެވޭނެގޮތްވެސް ފަހިކޮށްދީފައިވާތީ އެފަދަ ކުދިންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. މައިންބަފައިންނާ ދަރިންތައް ތިބެނީ އިހުސާންތެރިކަމުގެ ދަށުވެ ފިތިފައެވެ. އެއާއިލާއަށްޓަކާ ޖާނާއި މާލުން ގުރުބާންވާން އެމީހުން ތިބެނީ ތައްޔާރަށެވެ.

***

"އާލިޔާ ކިހިނެއް ހަދާނީ؟ އަރްސަން މުސްލިމަކަށް ނުވަންޏާ މެރީކުރާނީ ކިހިނެއް. ދޮންބެ އެހާވަރުގެ ބޮޑު ދޮގެއް ނަހަދާނެ. ދޮންބެ ބުނަނީ އަރްސަން މުސްލިމެއް ނޫނޭ...." މިންކާ ހިތް ހަލާކުވެފައިވާ ފަަދަ ގޮތަކަށް ރޮމުން ބުންޏެވެ.

"އިސްތިޚާރާ ކުރިންތަ؟ "

"ޔެސް. އެތައް ފަހަރު...." މިންކާ ބުނެލިއެވެ."އެންމެ ކުރިން ނުކުރަން ހުރެފައިވެސް އެހެން ހަދާކަށް ނުކެރުނު"

"މިންކް ހިތާމަ ނުކޮށް ދުޢާކޮށްބަލަ. އަދި މާ އަވަސް އަރުވާލައިގެން ކައިވެންޏާއި ހަމަޔަށް ނުދިޔަސް ކޮންމެވެސް ދުވަހަކުން ދުޢާ އިޖާބަވެ މިންކް ބޭނުންގޮތަކަށްވާނެކަމަށް އުއްމީދުކުރަންވާނީ. އަރްސަން ދީން ގަބޫލުކޮށްފާނެ. ގުރުއާންގެ އާޔަތްތައް ކިޔައިލީމަ ކިހާ ބޮޑަށް އިންސްޕަޔާވޭ. ކޮންމެ އިހުސާސަކަށް ގުރުއާނުގައި ޖަވާބު އޮވޭ. ހިތާމައާއި މާޔޫސްވުމާއިމެދު އޮންނަ އާޔަތްތައް މިންކް ކިިޔާބަލަ. ތި ހިތާމަތަކުން އަރައިގަނެވޭނެ. މިންކް ބުނީމެއްނު އާލިޔާއަށްވުރެ ދީނީ މީހަކަށްވާން ބޭނުމޭ. މިއޮތީ ހަމަ އެ ފުރުސަތު ލިބިފައި. ކިހާވަރަކަށް ދީން ދަސްކޮށްފިން. ކިތައް ލެކްޗާސް ބަަލައިފިން...."

"އާލިޔާއަށް ތިހެން ބުނަން ފަސޭހަވާނެ. ޔޫ އާމެރީޑް ޓު ދަ ލަވް އޮފް ޔޯ ލައިފް...."

"އެކަން ނިމިއްޖެ..." އާލިޔާ ބުނެލިއެވެ.

"ވަޓް؟ދެން އާލިޔާ ތިހާ ހަމަޖެހިލައިގެން ތިއިނީ ކީއްވެތަ؟ " މިންކާ ހައިރާންވިއެވެ. "މާޒިންދެކެ ލޯތްބެއް ނުވަންތަ؟"

"ހިތް ކިތަންމެ ވަރަކަށް ރުޔަސް ކެތްތެރިވާންޖެހޭ. ޕީޕަލް ވިލް ލީވް. ﷲ ސްޓޭސް...މާތްﷲއަށްޓަކާ ފިރިމީހާދެކެ ލޯބިވިން. އެކަމަކު މާޒިން. އެއީ ދައްކައިލެވުނު ދަޅައެއް. މާޒިންމެން ކުޅިގަނޑެއް ކުޅެލީ. ޝަރުތުތަކެއް ކަނޑައަޅައިގެން ކުރި ކައިވެންޏެއް ސައްހައެއްނުވާނެތީ ގެއަށް މިއައީ. ދެނެއް ސްކައިޕެލެސްއަކަށް ނުދާނަން. އެކަމަކު މާޒިން މަތިން ހަދާން ނައްތާލުން އުދަގޫވާނެ. ވަރަށް އުދަގޫވާނެ....." އާލިޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި މަޑުމަޑުން ގިނަވަމުންގޮސް އެންމެފަހުން އާލިޔާއަށް ރަގަޅަށް ރޮވިއްޖެއެވެ.

"ރަގަޅަށް ރޮވުނީމަ ކަން ނޭގޭ ހިތަށް ހަމަޖެހުން ލިބޭނީ. ހުރިހާ ހިތާމައެއް ކަރުނަތަކުން ދޮވެލާނެ.."

މިންކާގެ ހިތާމަވެސް ހަދާންނެތި އާލިޔާގެ ގައިގާ އަތް ވަށައިލަމުން ބައްދައިލިއެވެ. "ވީ އާ އިން ދަ ސޭމް ބޯޓު ދޯ."

"ބަޓް ﷲ އިޒް ވިތް އަސް ނު. ހަދާންވޭތަ ޕްރޮފެޓް ޔޫސުފްގެ ސްޓޯރީ؟ކުޑައިރު އެކަލޭގެފާނުގެ ބޭބެމެން ގެންގޮސް ވަޅަކަށް ވައްޓައިލީ. ބައްޕާފުޅު ޔައުގޫބް އަލައިއްސަލާމްގެ އަރިހަށްގޮސް ހެދީ ދޮގު. ޖަނަވާރެއް ކައިލީއޭ ކިޔާފައި. ދެން އެކަލޭގެފާނުވެސް ޑީޕް ގްރީފްގައި އެތައް އަހަރެއްވާންދެން އުޅުއްވީ. ނަމަވެސް ކެތްކުރެއްވި. މާތްﷲއަށް ދުޢާކުރެއްވުމާއި ޒިކުރުކުރެއްވުމާއި އަޅުކަމުގައި ހުރިހާވަގުތެއްގައި އުޅުއްވި ނަމަވެސް ދަރިކަލުން ގެއްލިވަޑައިގަތްކަމުގެ ހިތާމަފުޅުން ދެމިގެން ދިޔަ. އެކަލޭގެފާނުންގެ އެހެން ފިރިހެން ދަރިކަލުންތައްވެސް ބައްޕާފުޅު އަރިހު މިހެންވެސް ދެންނެވި. ވުޑް ޔޫ ކީޕް ތިންކިން އެބައުޓް ޔޫސުފް އަންޓިލް ޔޫ އާ ބިނީތް ދަ ސޮއިލް ހެއްޔޯ. ދިގު އިންތިޒާރަކަށްފަހު ބައްޕާފުޅަށް ދަރިކަލުން ފެނި ވަޑައިގަތުމުން އެލިބުނު އުފާފުޅާއި އިންތިޒާރުގެ ފޮނި އިހުސާސްތައް ބަޔާންކޮށެއް ނުދެވޭނެ. އެހުރިހާކަމެއް އެހެން ހިނގުމުގެ ހިކުމަތްތައް ބައިވަރު. ޔޫސުފު ސޫރަތުގައި އެ ވާހަކަތައް ބަޔާންކޮށްދެއްވާފައިވަނީ ކޮންފަދަ ފުރިހަމައަށް. ގުރުއާނުގައިވަނީ އެންމެ ރީތި ވާހަކަތައް. ޔޫސުފް އަލައިހިއްސަލާމްގެ ހަޔާތްޕުޅުގައި އެދިމާވި ކަންތައްތަކާއި އަންހެނުންގެ ފަރާތުން ޖެހުނު އުދަގޫތަކަށްވެސް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންނެވި......." އާލިޔާ ވާހަކަދައްކަމުން ދިޔައިރުވެސް ލޮލުން އަންނަ ކަރުނަ ތިކިތަކަކަށް ހުއްޓުމެއް ނެތެވެ.

"އެ ވާހަކައިން ލިބުނު އިބުރަތުން މިފަހަރު މިހިރީ ކެތްތެރިވާން ނިންމައިގެން. މިންކްއަށް އެނގޭތަ ކިހިނެއްކަން...." އާލިޔާ އެހިއެވެ.

"ބުނެބަލަ..."

"ކެތްތެރިކަމުގެ އިނާމު ފޮނިވާނެ. އެތައް ފިލާވަޅެއް އެވާހަކައިން ލިބުނުއިރު މިއަދު ހަޔާތުގައި އައި އެންމެ ދެރަވީ ދުވަހު އިރާދަކުރެއްވިއްޔާ ކެތްކުރާނަން." އާލިޔާ ހިނިތުންވެލިއެވެ.

"މީ ޓޫ...." މިންކާ އަޒުމް ކަނޑައެޅިއެވެ.

"ހުރިހާ ކަމަކަށްވުރެ މާތްﷲގެ ލޯބިފުޅު ހިތުގައި ގަދަވާންޖެހޭނެ. އޭރުން ދިރިއުޅުމުގެ އެހެން ހުރިހާކަމެއް އޭގެ ޒާތުގައި ހަމަޖެހި ފުރިހަމަވެދާނެ...." އާލިޔާ މިންކާގެ ގައިގާ ބައްދާލުމަށްފަހު ތެދުވެއްޖެއެވެ. "އެނގޭތަ އެންމެ މިސްވާ އެއް ކެއުން؟ މަހަލަބިއާ......އެއްކަލަ އަރަބި ޕުޑިން...."

"ކުޅުދިޔާވެއްޖެ..." މިންކާވެސް ބުނެލިއެވެ.

"އަހަންނަށް އެ މީރުކަން އެނގުމަށްފަހު ސްކައިޕެލެސްގެ ފްރިޖުން މަހަލަބިިޔާ ހުހެއްނުވޭ. މާޒިން އެހާވެސް ހެޔޮ............"

ޑިޒާޓްލެބް.އެމްވީ އިން ވިއްކާ މަހަލަބިޔާއަކީ އަރަބި ސްޓައިލް މިލްކް ޕުޑިންއެކެވެ. ކޮންމެވެސް ވަރަކަށް ފިނިފެނާއި ފޮނިތޮށިކޮޅެއް ބުރުވާލަފައި ރޯޒް ސިރަޕުން މަތީ ފަށަލަ ތައްޔާރުކޮށް ޕިސްޓާޝިއޯ މުގުރާލާފައި މައްޗަށް އަޅާފައި ހުރެއެވެ.

މާޒިން އެދުވަސްކޮޅު އަޅާލާ ވަރާއި ހެޔޮކަމަކީ ހަދާނުން ފޮހެވޭނެ ދުވަސްތަކެއް ނޫނެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑުއަހަން އާލިޔާ އޮތީ ނުނިދިފައެވެ. ފޯނު ސައިލެންޓަށް ލާފައި އޮތަސް އިރުއިރުކޮޅާ ބެލެނީއެވެ. މާޒިން ނުގުޅުމުން އަދި ވަކިން ބޮޑަށް ހިތަށް އަސަރުކުރިއެވެ.

"ޔޫ ވާ އެކްޓިންތަ؟ އެވޯޑެއް ދޭހާ މޮޅު"

ހަމައެކަނި ހިތުގެ އިމޯ ޖަހާފައި އޭނަ ވައިބާގައި ސޭވްކޮށްފައި އިން ނަމްބަރުން ގުޅަން ފެށުމުން ހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ.

"ނޯ..ޑޯންޓް ޓޭކް އާލިޔާ. އެއީ މިހާރު ފިރިމީހާއެއްނޫން. ހިލޭ މީހެއް. ވާހަކަދެއްކުމުގެ މާނައެއްނެތް..." އާލިޔާގެ ލޮލުން ކަރުނަތިއްކެއް ނިރައިލުމުން ފޯނުގެ ސްކްރީން ފުސްވިއެވެ. މެސެޖެއް އައުމުން ދެލޯ މަަރައިލެވުނީ އެމެސެޖް ނުބަލަންވެގެންނެވެ. އެކަމަކު ބަލައިނުލާ އޮންނާކަށް ހިތަށް ކުޅަދާނަނުވިއެވެ. ކަރުނަތަކުގެ ތެރެއިން ފަނޑުކޮށް އެކަތިގަނޑެއްހެން ފެންނާން ހުރި ލަފުޒުތައް ސާފުވާންފެށިއެވެ.

(ނުނިމޭ)

comment ކޮމެންޓް