މާލޭ ޖަލުގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކުރަން ފަށައިފި

މާލޭ ޖަލުން ސާމްޕަލް ނަގަނީ -- ފޮޓޯ: ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު

މާލޭ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، ޖަލު އޮފިސަރުންނާއި ގައިދީން ވައިރަހަށް ޓެސްޓުކުރަން ފަށައިފިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް، އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޖަލު އޮފިސަރުންނާ ގައިދީން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގަމުން އަންނަ އިރު، އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މީގެކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. ރެންޑަމް ސާމްޕްލިންގެ ތެރެއިން އެފަހަރު ޓެސްޓުކުރި އެންމެން ވެސް ވަނީ ނެގެޓިވްފައެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1،788 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 389 މީހަކަށެވެ.

comment ކޮމެންޓް