ދިރާގު ކަސްޓަމަރުންނަށް ޑިސްކައުންޓް އަދި ބޫސްޓާ އެލަވެންސް

ދިރާގު ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

ދިރާގުން ބުނީ މިއީ "ނިއު ނޯމަލް" ގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެގޮތުން ދޭ ޑިސްކައުންޓު އަދި އެލަވެންސް ތަކެއް ކަމަށެވެ.

އެގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 21 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓާ އަކުން އިތުރު 33 ޕަސެންޓް އެލަވަންސް ލިބެ އެވެ.

މޮބައިލް ޕޯސްޓްޕެއި ކަސްޓަމަރުން 16 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓާ އަކުން 30 ޕަސެންޓް ޑިސްކައުންޓް ދޭންވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.

މަމެންގެ އިތުރު 20 ޕަސެންޓް އެލަވެންސް 20 ޖޫން 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ޑޭޓާ ބަންޑަލް އަކުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ކޮވިޑް19 އާއި ގުޅިގެން ވެސް ކަސްޓަމަރުންނަށް ހާއްސަ އެލަވެންސް އަދި ޑިސްކައުންޓު ދީފަ އެވެ.

comment ކޮމެންޓް