އެމްޓީސީސީއަށް ޗީފް ފައިނޭންޝިއަލް އޮފިސަރެއް ހޯދަނީ

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްޓީސީސީ އަށް ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) އެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެކުންފުންޏަށް ސީއެފްއޯ އެއް ހޯދަން އިއުލާނުކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހިލްމީ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ. އެމްޓީސީސީގައި ދިހަ އަހަރު ހޭދަކޮށްފައިވާ ހިލްމީ އެކުންފުނިން އެއްފަރާތް ކުރީ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމަކަށް ފަހު ކަމަށް އެމްޓީސީސީ އިން ބުރާސްފަތި ދުވަހު ބުންޏެވެ.

https://sun.mv/138695

ސީއެފްއޯގެ މަގާމަށް އައްޔަނު ކުރާ މީހަކަށް މުސާރައިގެ ގޮތުގައި 40،000 ރުފިޔާ އަދި ސްޕެޝަލް އެލަވެންސްގެ ގޮތުގައި 15،000 ލިބޭނެއެވެ. މީގެ އިތުރުން ކޮމްޕެނީ ޕޮލިސީ އާއި އެއްގޮތަށް ހެލްތު އިންޝުއަރެންސް ލިބޭނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭސީސީއޭ ނުވަތަ ސީޕީއޭ ނުވަތަ ސީމާ ނުވަތަ އައިއެފްއޭސީ އިން ބަލައިގަންނަ އެހެން ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެމްބަރުކަން ހާސިލުކޮށްފައިވުމާއި، މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން ފަސް އަހަރަކީ ފައިނޭންޝަލް އަދި ކޯޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ތަޖުރިބާ ހޯދާފައިވާ ފަސް އަހަރަށް ވުން ހިމެނެއެވެ.

މީގެ އިތުރުން ސަޓިފައިޑް އިންޓާނަލް އޮޑިޓާ (ސީއައިއޭ) ގެ ޕްރޮފެޝަނަލް ފާސް ހާސިލުކޮށްފައިފައިވާ ފަރާތްަކަށް އިސްކަންދެވެނެ ކަމަށް އެމްޓީސީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޯޕަރޭޓް މާހައުލެއްގައި މަދުވެގެން ފަސް އަހަރު ދުވަހު ސީނިއަރ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވުމާއި އައިއެފްއާރު އެސްއަށް ފަރިތަވުމަކީވެސް މަގާމުގެ ޝަރުތެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ނުވަތަ ސީއެފްއޯގެެ މަގާމަށް މަގާމަށް ކުރިމަތިލާ ފަރާތަކީ އެކައުންޓިންގ، ފައިނޭންސް ނުވަތަ އެއާއި އެއްފަދަ އެހެން ދާއިރާއަކުން މާސްޓަޒް ޑިގްރީ އޮތް ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި
އެންމެ މަދުވެގެން 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން ހަ އަހަރަކީ ފައިނޭންޝަލް އަދި ކޯޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާކަމުގައިވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ކޯޕަރޭޓް މާހައުލެއްގައި މަދުވެގެން ފަސް އަހަރު ސީނިއާ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށް ތަޖުރިބާ ހުންނަން ވާނެ ކަމަށް ބުނެފައިވެއެވެ.

މި މަގާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު ކުރުން 29 ޖޫން 2020 އާއި 09 ޖުލައި 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

comment ކޮމެންޓް