މާމެންދު އާއި ގެމަނަފުށި މޮނިޓަރިންއަށް ލުމާމެދު ގޮތް ނިންމާމީ ކޮންޓެކްޓް ޓްރޭސިންއަށް ފަހު

ގއ. ގެމަނަފުށި: އެ ރަށުގެ ފުޓްސަލް ދަނޑު މަރާމާތު ކުރުން ލަސްވާތީ ޒުވާނުން ކަންބޮޑުވޭ -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގއ. މާމެންދު އާއި އެއަތޮޅު ގެމަނަފުށި މޮނިޓަރިންއަށް ލުމާ މެދު ގޮތެއް ނިންމާނީ މާމެންދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މިއަދުއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހާ އަކީ އާއިލާގެ މީހަކާއެކު ސިއްހީ ކަމެއްގައި މިދިޔަ މެއި 31 ގައި މާލެ އައި މީހެއް ކަމަށެވެ. އޭނާ މާލޭގައި ހުރީ ގެސްޓުހައުސްއެއްގައި އާއިލާގެ ދެ މީހަކާއެކު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިމަހުގެ ހަވަނަ ދުވަހު ކޮވިޑް ޓެސްޓެއް ހެދި ކަމަށް މަައުލޫމާތު ލިބުނީ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޕޮޒިޓިވްވި މީހާ އެނބުރި ރަށަށް ދިޔައީ ކޫއްޑޫ މަގުން މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އޭނާ އާއެކު އާއިލާގެ އިތުރު ދެމީހަކާއި އިތުރު 40 މީހުން ދަތުރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ ފްލައިޓުން ދެން ދަތުރުކުރި މީހުންނަކީ އެއަތޮޅު ގެމަނަފުށީ މީހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ބަލީގެ އަލާމާތްތައް ހުރެގެން އޭނާ ރިޕޯޓުކުރީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި ޓެސްޓު ސާމްޕަލް މިމަހުގެ 15 ގައި މާލެ ގެނައިރު ޓެސްޓު ނަތީޖާ ލިބުނީ މިއަދު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެ ދެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ދެ ރަށާމެދު ފިޔަވަޅު އަޅާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމަށް ފަހު މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޕޮޒިޓިވްވި މީހާ ހުރި ގޭގައި ދެން އޭނާ އާއެކު ތިބީ މާލެއިން އޭނާ އާއެކު ދަތުރުކުރި އަނެއް ދެމީހުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،137 މީހުން ވަނީ ޕޮޒިތިވް ވެފައެވެ. 1،759 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް