އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ ސިޓީ ކައުންސިލާ ވެމްކޯ ގުޅިގެން އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ މިއަދުން ފެށިގެން ހަތް ދުވަސް ތެރޭ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް އެތަކެތީގެ ވެރި ފަރާތްތަކަށް އަންގާ ކަމަށެވެ.

މި މުއްދަތުގައި ވެހިކަލްތައް ނުނަގައިފިނަމަ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މި މުއްދަތުގެ ތެރޭގައި ނެގުމަށާއި، އެ މުއްދަތުގައި މި ތަކެތި ނުނަގައިފިނަމަ އުކާލެވޭނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

comment ކޮމެންޓް