އެމްޓީސީސީގެ ސީއެފްއޯ ވަޒީފާއިން ވަކިކޮށްފި

އެމްޓީސީސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުން ދުރުކުރި މުހައްމަދު ހިލްމީ --- ސަން ފޮޓޯ

އެމްޓީސީސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހިލްމީ ވަޒީފާއިން ވަކިކޮށްފި އެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުން ހިލްމީ ވަކިކުރުމަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ކަމަށެވެ.

ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަމެއް ހާމަކޮށްފަ އެއް ނުވެއެވެ. އެމްޓީސީސީގައި ދިހަ އަހަރު ހޭދަކޮށްފައިވާ ހިލްމީ އެކުންފުނިން އެއްފަރާތް ކުރި އިރު އޭނާ ހުންނެވި ސީއެފްއޯގެ މަގާމަށް އަދި މީހަކު އައްޔަނު ކޮށްފައެއް ނުވެއެވެ.

އޭނާ މަގާމުން ދުރުކޮށްފައިވަނީ މިއަދު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގެ ބައްދަލުވުމުގަ އެވެ. ނަމަވެސް އަދި އެ މަގާމަށް މީހަކު ހަމަޖައްސާފަ އެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ޕްރައިވެޓައިޒޭޝަން ބޯޓުން އެމްޓީސީސީގެ ސީއީއޯ އަކަށް އެންމެ ފުރަތަމަ އައްޔަނު ކުރީ ހަސަން ޝާހު އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ވަނީ އެ ކުންފުނީގެ އެމްޑީއަކަށް އާދަމް އާޒިމް އައްޔަނު ކުރައްވާފަ އެވެ. އަދި ޝާހު ވަނީ އެމްޑަބްލިއުއެސްސީއަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް