ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކާރު އެކްސިޑެންޓްވެ ގެއްލުން ލިބިއްޖެ

ބޮރިސްގެ ކާރަށް ގެއްލުން ވެފައި--

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކާރު އެކްސިޑެންޓްވެ ގެއްލުންލިބިއްޖެ އެވެ.

އެ ކާރަށް ގެއްލުންވީ މުޒާހަރާއެއް ކުރަމުން ދިޔަ މީހަކު ބޮޑުވަޒީރުގެ ކާރު ކުރިމަތިން ދުވެފައި ދިއުމުން ކުއްލިއަކަށް ކާާރު ހުއްޓަން އުޅެނިކޮށް ބޮޑުވަޒީރުގެ ސެކިއުރިޓީ ބެލެެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖް ރޯވާއެއް ކާރުގަިއ ޖެހުމުގެ ސަބަބުންނެވެ.

އެކްސިޑެންޓާ ގުޅިގެން ބޮރިސްގެ ކާރުގެ ފަހަތް ވަނީ ވަރަށް ބޮޑަށް ބަނޑިލައިފަ އެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ކާރު ކުރިމަތިން ދިޔަ މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެެވެ.

ކާރު އެކްސިޑެންޓްވީ ވަގުތަކީ ކޮރޯނާއާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ބޭއްވި ބައްދަލުވުމަކަށްފަހު އޮފީހަށް ވަޑައިގަންނަވަން ދަތުރުކުރައްވަމުން ދިޔަ ދަނޑިވަޅެެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުގައި ދަނީ ކުރުދީންނާއި އަދި ޔޫރަޕިއަން ޔޫނިއަންއިން ވަކިވާން ދެކޮޅު ހަދާ ބައެއް މީހުން މުޒާހަރާކުރަމުންނެވެ. -- އެސޯސިއޭޓެޑް ޕްރެސް

comment ކޮމެންޓް