އައްޑޫގައި ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ނޭޗާރ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އެކި ކަހަލަ އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހި މިރޭގެ 19:40 އެހައިކަންހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުރަތަމަ އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެ އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުވި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު، ސައިކަލު ދުއްވާލި ވަގުތު ކާރެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އަނިޔާވި ތިން މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށާއި އެ ތިން މީހުންނަކީވެސް ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް