ސަންލޭންޑް ހިލްމީގެ މައްޗަށް 3.7 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ އިސްމާއިލް ޝުޖާއުއަށް 3.7 މިލިއަން ޑޮލަރު ދެއްކުމަށް ސަންލޭންޑް ހޮޓެލްސްގެ ހިއްސާދާރެއް ކަމަށްވާ ހުސައިން ހިލްމީގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ޝުޖާއުގެ ފަރާތުން ހިލްމީ އަދި ކާސްޓަވޭ މޯލްޑިވްސްގެ މައްޗަށް ދައުވާކޮށްފައިވަނީ ޝުޖާއުގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ދެއްކުމަށްޓަކައި ހިލްމީ ސޮއިކޮށް ދޫކުރި ތިން ޗެކެއް ޗެކެއް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ރިޓާންވެފައި ނުވާތީ އެއަށްވާ ފައިސާ އަނބުރާ ހޯދުމަށެވެ.

ހައި ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ ތިން ޗެކުގެ ޖުމްލަ 3.72 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ހޯދުމަށް އެދި ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އިސްމާއީލް ޝުޖާއުގެ ފަރާތުން ދައުވާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާގައި ބަޔާންކުރާ 3.7 މިލިއަން ޑޮލަރު ދައްކަން ޖެހުން ސާބިތު ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން މައްސަލަ އިސްތިއުނާފުކުރުމުން ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޝުޖާއުއަށް ހިލްމީ ސޮއިކޮށް ދޫކޮށްފައިވާ 3.7 މިލިއަން ޑޮލަރުގެ ޗެކް ރިޓާންވެފައިވާ ކަމަށާއި އެކަން ޝުޖާއުގެ ފަރާތުން ހިލްމީއަށް އަންގާފައިވާ ކަމަށެވެ.

ސަންލޭންޑް ހޮޓެލްސްގެ ހިއްސާދާރެއް ކަމަށްވާ، ވިޔަފާރިވެރިޔާ ހުސައިން ހިލްމީ، ކޯޓު އަމުރެއްގެ ދަށުން 2018 ވަނަ އަހަރުގައި ވަނީ ހައްޔަރުވެސް ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބައުންސް ޗެކްތަކެއްގެ މައްސަލައިގެ ތުހުމަތުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް