މަޖިލިސް މުވައްޒަފަކަށް ކޮވިޑް-19 ޖެހި އިދާރާ މޮނިޓަރިންއަށް

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން --- ސަން ފޮޓޯ/ މާޝާ ނައީމް

ރައްޔިތުން މަޖިލިސް އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މަޖިލިސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މަޖިިލީހިގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެތަނުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް ކަށަވަރުކޮށްދެއްވި އެވެ.

ޒިޔާއު "ސަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެތަނުގެ މެއިންޓެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފެއް ކަމަށެވެ. އަދި އެކަން އެނގުނީ މަޖިލިސް ޖަލްސާ އާއި ކޮމިޓީ ބައްދަލުވުންތައް ވެސް ނިމުނު ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެނގުނު އިރު މަޖިލީހުގައި މެންބަރުން ނެތް ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

"މަޖިލިސް ބަންދުކޮށް އެޗްޕީއޭގެ ލަފާގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން. އެގޮތުން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު އެބަ ހިނގާ،" ޒިޔާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުމްދާ ކަމަށެވެ.

މަޖިލިސް ޖަލްސާތަކާ މަޖިލީހުގެ ކޮމިޓީތައްވެސް ކުރިއަށް ދަނީ މިހާރު މަޖިލީހުގަ އެވެ.

comment ކޮމެންޓް