ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތަކަށް މާފަރު ތައްޔާރުވާނެ

މޯލްޑިވިއަންގެ އޭ321 މާފަރު އެއާޕޯޓުގައި -- ފޮޓޯ: މޯލްޑިވިއަން

ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއާޕޯޓު ހިންގުމާ އެ ކުންފުނިން ހަވާލުވީ އިރު އިންޓަނޭޝަނަލް ފްލަިއޓުތައް ޖެއްސޭނެ ރަންވޭއެއް އޮތްނަމަަ ވެސް ޓާމިނަލް އޮތީ އެފަދަ ދަތުރުތަކަށް ތައްޔާރަށް ނޫން ކަމަށެވެ.

"މާފަރު އެއާޕޯޓާ ހަވާލުވި އިރުވެސް ކޭޓާ ކުރެވޭނެ އިންޓަނޭޝަނަލް ފަސިންޖަރުންނަށް. ބޯޑަރު ހުޅުވާލާއިރު ރެޑީވާނެ ޓާމިނަލް،" ރިޒްވީ ވިދާޅުވި އެވެ.

https://sun.mv/138436

"[ހަވާލުވި އިރު] ބޮޑަށް ލޭއައުޓް އޮތީ ޑޮމެސްޓިކް ޓާމިނަލެއް ގޮތަށް. އަޅުގަނޑުމެން ހަވާލުވުމަށްފަހު ޓާމިނަލް އަށް ގެންނަން ޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކަށް ވާނީ ހުށަހަޅާފައި،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓާމިނަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ހުއްދަ ލިބި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ހަފްތާއެއްގެ ތެރޭގައި ނިމޭނެ. މަސައްކަތް ނިމުމުން ބައިނަލް އަގުވާމީ ދަތުރުތަކަށް ޓާމިނަލްގެ އެތެރެ ތައްޔާރުވާނެ،" އޭނާ ވިދާޅުވި އެވެ.

އާ އާންމު ހާލަތަށް ތައްޔާރުވުމަށް މާފަރު އެއާޕޯޓުގެ ފަސިންޖަރުންނަށް ހިދުމަތްދޭ ކައުންޓަރުތަކުގައި ގްލާސް ޕާޓިޝަން ޖަހައި، ސޯޝަލް ޑިސްޓޭންސިން މާކުތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ އެއާޕޯޓަށް ދަތުރުކުރާ ފަސިންޖަރުންގެ ޓެމްޕަރޭޗާ ބެލުމަށް ތަމަލް ސްކްރީނިން އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

https://sun.mv/138616

މި ލޮކްޑައުން ތެރޭގައިވެސް މާފަރު އެއާޕޯޓުން ވަނީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތަކަށް ހިދުމަތް ދީފަ އެވެ.

އަދި މޯލްޑިވިއަންގެ އެއާބަސް އޭ321 ވެސް އިއްޔެ ވަނީ މާފަރު އެއާޕޯޓަށް ޖައްސައި، ބައިނަލްއަގުވާމީ ދަތުރުތަކަށް އޮތް އުއްމީދު އާކޮށްދީފަ އެވެ.

"މެކްސިމަމް 200 ފަސިންޖަރުންގެ ފްލައިޓުތަކަށް ކޭޓާ ކުރެވޭނެ ރަންވޭ އެއް މިހާރު އޮތީ. އިއްޔެވެސް އަޅުގަނޑުމެންގެ އޭ321 ގައި ހޯމް ކަރަންޓީނަށް ދިޔަ މީހުން މާފަރު އެއާޕޯޓަށް އުފުލި،" އައިލެންޑް އޭވިއޭޝަނުގެ އެމްޑީ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ މިވަގުތު ކޭޓާ ކުރެވޭނީ ނެރޯ ބޮޑީ އެއާކްރާފްޓުތަކަށް ކަމަށެވެ.

މިހަރުވެސް މާފަރު އެއާޕޯޓަށް ޖެޓު ޖެއްސުމަށް ރިކުއެސްޓު އަންނަ ކަމަށާއި އޭގެ ތެރޭގައި ގިނައީ އެސަރަހައްދުގެ ހައިއެންޑް ރިސޯޓުތަކުގެ އޯނަރުން ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ މަސައްކަތް ކޮށްފައިވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

comment ކޮމެންޓް