ކޮވިޑާ ދެކޮޅަށް އިނގިރޭސިވިލާތަށް ކާމިޔާބު ހޯދިއްޖެ: ބޮރިސް

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން--

ކޮވިޑަށް ފަރުވާ ކުރަން އިނގިރޭސިިވާލުގެ ސައިންޓިސްޓުން ހޯދި ފަރުވާއަކީ ބޮޑުކާމިޔާބީއެއްކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސައިންޓިސްޓުންގެ ހޯދުމަށް ބޮރިސް ވަނީ ވަަރަށް ބޮޑަށް ތައުރީފްކުރައްވައިފައެވެ. އަދި މިއީ އެކަން ބޮޑަށް ފާހަގަކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮރިސް ވަނީ ކޮވިޑަށް ވަަރަށް އަގު ހެޔޮ ބޭހަކުން ފަރުވާ ލިބޭ ކަމަށް އިއުލާންކުރައްވައިފައެވެ. ޑެކްސަމެތަސޯންގެ ނަމުން ނަން ދީފައިވާ ކުރިންވެސް އަދި މިހާރުވެސް އެކި ކަންކަމަށް ބޭނުންކުރާ ބޭހެކެެވެ. އެ ބޭހުން ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްދޭކަމަށް ވަނީ ބުނެފައެވެ. މިއީ ވަަރަށް އަގުވެސް ހެޔޮ ބޭހެކެވެ.

އިއްޔެއާ ހަމައަށް އިނގިރޭސިވިލާތުގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު 298,136 އަށް އަރައެވެ. އަދި މަރުވި މީހުންގެ އަދަދު 41,969 އަށް އަރައެެވެ.

ބޮރިސް ވަނީ އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ސްކޫލްތަކަށް ދާން ރައްކާތެރިކަމަށްވެސް އިއްޔެ ވިދާޅުވެފައެވެ.

ކޮވިޑް ޖެހޭ މީހުން މަދުވުމުން ގައިދުރުވުމަށް މިހާރު ކަނޑައަޅާފައިވާ " ދެ ފޫޓް ދުުރުމިނުގެ އުސޫލު" އަށް ލުޔެއް ދެވިދާނެކަމަށްވެސް ބޮރިސް ވިދާޅުވިއެވެެ. ނަމަވެސް އަދި އެކަން ކުރަން މާ އަވަސްކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު ބޮރިސް ވިދާޅުވީ ކޮރޯނާގެ ބަލިމަޑުކަން 12 ވަރަކަށް ހަފްތާ ތެރޭ ހަމައަކަށް އެޅޭނެ ކަމަށެވެ.

" ހަމަ އެގޮތަށް ކަންތައްތައްވީ ދޮއްތޯ." ބޮރިސް ވިދާޅުވިއެވެ.-- ބީބީސީ--

comment ކޮމެންޓް