އެކްސިޑެންޓަކަށް ފަހު ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ޕާކިސްތާނުގައި ތިބޭ އިންޑިއާގެ ދެ އޮފިޝަލަކު ހައްޔަރުކޮށްފި

ޕާކިސްތާުނުން ހައްޔަރުކުރި އިންޑިއާގެ އެމްބަސީގެ ދެ ސްޓާފުން--

ޕާކިސްތާނުގައި ހުންނަ އިންޑިއާގެ އެމްބަސީގެ ދެ ސްޓާފަކު ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ އެ ދެ ސްޓާފުން ހައްޔަރުކުރީ އެގައުމުގައި ހިނގި އެކްސިޑެންޓަކަށް ފަހު ފިލަން އުޅެނިކޮށް ކަމަށެވެ.

އެ އެކްސިޑެންޓްގައި މީހަކު ވަރަށް ބޮޑަށް ވަނީ ޒަހަމްވިކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި، އިންޑިއާގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގެ އިސް ބޭފުޅާ ވަނީ ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. ނަމަވެސް ފަހުން ޕާކިސްތާނުން ވަނީ ހައްޔަރުކުރި ދެ ސްޓާފުން ދޫކޮށްލައިފަ އެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ބުނީ ހައި ކޮމިޝަންގައި މަސައްކަތް ކުރާ ޑްރައިވަރަކާއި ސެކިއުރިޓީގެ މީހަކު ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ގެއްލުނީ މީޓީންއަކަށް ދާން ކަނޑައަޅާފައި އޮއްވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ ދެ ހަފްތާ ކުރިން އިންޑިއާއިން ވަނީ އެގައުމުގެ ހުންނަ ޕާކިސްތާނު ހައި ކޮމިޝަންގެ ދެމީހަކު ޖާސޫސުކުރާ ކަމަށް ބުނެ ބޭރުވެސްކޮށްލައިފަ އެވެ. އިންޑިއާއިން ބުނީ އެ ދެ އޮފިޝަލުން ވެސް މަސައްކަތް ކުރީ އިންޑިއާ ސިފައިންގެ ހަރަކާތްތައް ހުންން ގޮތްތައް ބެލުމަށް ކަމަށެވެ. އޭގެ ފަހުން ޕާކިސްތާނުން އިންޑިއާގެ އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާރަލަމުންދާ ކަަމަށް ވެސް އިންޑިއާއިން ތުހުމަތުކުރެއެވެ.

ކަޝްމީރުގެ މައްސަލައިގައި މިދިޔަ އަހަރު އިންޑިއާއާ ޕާކިސްތާނާ ދެމެދު ހަނގުރާމައަކަށް ނުދިޔައީވެސް ހަމަ ކިރިޔާއެވެ.-- ބީބީސީ--

comment ކޮމެންޓް