ފްލޮއިޑްގެ ދަރިފުޅު ޑިޒްނީގެ ޝެއާހޯލްޑަރަކަށް

ޖޯޖް ފްލޮއިޑްގެ ދަރިފުޅު ޖިއާނާއަށް ޑިޒްނީއިން ޝެއާ ހަދިޔާކޮށްފައިވަނީ މަޝްހޫރު ހޮލީވުޑް އައިކޮން ބާބަރާ ސްޓްރައިސެންޑް- --- ފޮޓޯ : ސީއެންއެން

އެމެރިކާގައި ފުލުހަކު އަނިޔާވެރިކޮށް މަރާލި ޖޯޖް ފްލޮއިޑްގެ އަންހެން ދަރިފުޅު ޖިނއާނާ ފްލޮއިޑް، ޑިޒްނީގެ ޝެއާހޯލްޑަރަކަށް ވެއްޖެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔެއް ކަމަށްވާ ބާބަރާ ސްޓްރައިސެންޑް ވަނީ ޖިއާނާއަށް ހަދިޔާއެއްގެ ގޮތުގައި ޑިޒްނީއިން ސްޓޮކްތަކެއް ގަނެދީފަ އެވެ.

އެކަމާ ގުޅިގެން ޖިއާނާގެ އާއިލާއިން ކުރި ޕޯސްޓެއްގައި ވަނީ ޑިޒްނީގެ ޝެއާހޯލްޑަރަކަށް ޖިއާނާ ވެފައިވާ ކަމުގެ ސެޓްފިކެޓް އާންމުކޮށްފަ އެވެ. އަދި އެ ޕޯސްޓުގައި އާއިލާއިން ވަނީ ސްޓްރައިސެންޑް އަށް ޝުކުރު އަދާކޮށްފަ އެވެ.

ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން އޭނާއަށް ހޯދާފައިވާ ސްޓޮކްތަކުގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

ސްޓޮކްސްގެ އިތުރުން ބާބަރާ ވަނީ އޭނާގެ ދެ އަލްބަމެއް ކަމަށްވާ "މައި ނޭމް އިޒް ބާބަރާ" އަދި "ކަލާ މީ ބާބަރާ" ވެސް ޖިއާނާއަށް ހަދިޔާކޮށްފަ އެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން ހޮލީވުޑްގެ އެކި ފަރާތްތަކުން ދަނީ އޭނާގެ އާއިލާއަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަނީ ޖިއާނާގެ ކޮލެޖުގެ ހުރިހާ ހަރަދެއް ކޮށްދިނުމަށް ހާއްސަ ސްކޮލާޝިޕް އެއް ޖިއާނާއަށް ހަމަޖައްސައިދީފަ އެވެ.

comment ކޮމެންޓް