އުރީދޫ މޫލީ އިން ބައްޕައިންގެ ދުވަހަށް ހާއްސަ ހަދިޔާ

އުރީދޫގެ އީ ޝޮޕިން ޕްލެޓްފޯމު މޫލީ މެދުވެރިކޮށް ބައްޕައިންގެ ދުވަހަށް ހާއްސަ ހަދިޔާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މޫލީ މެދުވެރިކޮށް ގަންނަ ތަކެތި ގެއާއި ހަމައަށް ގެންގޮސްދޭނެއެވެ.

ބައްޕައިންގެ ދުވަހަށް ހާއްސަ އޮފާގެ ދަށުން ބައްޕައިންނަށް ކަމުދާނެ ގިނަ ހަދިޔާތަކެއް ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ވޮލެޓާއި ގަޑި، އަވި އައިނުގެ އިތުރުން އިލެކްޓްރޯނިކް ޑިވައިސްތައް ހިމެނެއެވެ.

މީގެ އިތުރުން ދަރިފުޅާއި ބައްޕައަށް އެކުގައި ކުޅެލަން ހާއްސަ ގޭމުތަކާއި ގޭމިން ޑިވައިސްތައްވެސް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. އުރީދޫ މޫލީ އިން ފޯނާއި އެހެން އިލެކްޓްރޯނިކް ޑިވައިސްތައް ގޭގައި ތިބެގެން ގަނެލެވޭނެއެވެ.

އުރީދޫ މޫލީ އިން ބައްޕައިންގެ ދުވަހާ ދިމާކޮށް ކުރިއަށްގެންދާ މި ހާއްސަ އޮފާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ބައްޕައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ ޖޫން މަހެއްގެ ތިން ވަނަ އާދިއްތަ ދުވަހެވެ. މޫލީ މެދުވެރިކޮށް ބައްޕައަށް ގަނެދޭ ހަދިޔާ، ޖޫން 21 އަށް ޑެލިވަރީ ކޮށްދޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް