ޕްރޮކިޔުމެންޓްގެ މަސައްކަތްތައް ކުރަނީ ބޯޑުގެ ޕޮލިސީއާ އެއްގޮތަށް: އެމްޓީސީސީ

އެމްޓީސީސީ އިން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން --

އެމްޓީސީސީގެ ޕްރޮކިޔުމެންޓާ ބެހޭ ހުރިހާ މުއާމަލާތެއްވެސް ކުރިއަށް ގެންދަނީ ކުންފުނީގެެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކާއި މެނޭޖުމެންޓުން އެކުލަވާލާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން މާލެ އަތޮޅުގައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ސަޕްލައިކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށްބުނެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިޔުމަކާ ގުޅިގެން އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ ސަޕްލައި ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

ސެންޓާރާ ހޮޓެލްސްގެ ފަރާތުން އެމްޓީީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީ އިން ނެރުނު ބަޔާނުގައި ބުނީ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުވާގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްް އެދޭ ކަމަށެވެ.

"އަދި މިފަދަ ތުހުމަތެއް ކުންފުންޏާއި ދޭތެރޭ ކުރެވިފައިވާތީ ކުންފުނިން އިސްނަގައިގެން މިމައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވިފައިވާކަންވެސް ދަންނަވަމެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލިޓީ ކުންފުނި، ސެންޓާރާ ގްރޫޕުން ރާއްޖޭގައި އަލަށް ތަރައްގީ ކުރާ ތިން ރިސޯޓް ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ސެންޓާރާ އިން މާލެ އަތޮޅުގައި ރިސޯޓު ތަރައްގީ ކުރާ ފަޅުން 21 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. މި މަސައްކަތް މި އަހަރުގެެ ނިޔަލަށް ނިންމާލެެވޭނެ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް