އިހަވަންދޫ ކުޑަކުދިންނަށް މަދަހަ މުބާރާތެއް އޮންލައިންކޮށް

މަދަހަ މުބާރާތުގެ ވަނައަކަށް ދިޔަ ދަރިވަރަކަށް އިނާމު ހަވާލު ކުރަނީ-- ފޮޓޯ/ އައިޑަބްލިއުސީޖީ

ކޮވިޑް 19 އާ ގުޅިގެން ވަގުތު ގޭގައި ތިބެން ޖެހިުމުން ފޫހިވެފައި ތިބި އިހަވަންދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕުން އޮންލައިންކޮށް މަދަޙަ މުބާރާތެއް ކުރިޔަށް ގެންގޮސްފިއެވެ.

އައިޑަބްލިއުސީޖީ ކޮއްކޮމެންގެ މަދަޙަ މުބާރަތް 2020 ގެ ނަމުގައި ބޭއްވި މި މުބާރާތުގެމަގުސަދަކީ ތުއްތު ކުދިންގެ ހިތުގައި މަދަޙަ ސަނާއާއި ދުއާ އަދި ދީނީ ޅެން ކިޔުމުގެ ޝައުގު އުފެއްދުމާއެކު، އެކުދިންގެ ހުނަރުތައް ދެނެގަތުމަށް ފުރުސަތެއް ހުޅުވައިދިނުން ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ކޮވިޑް19 ރާއްޖެއިން ފެނި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައިތިބުމަށް ބާރުއަޅާ މިދަނޑިވަޅާ ގުޅިގެން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް ގެނެސްދިނުމަކީވެސް މި މުބާރާތް ކުރިޔަށް ގެންދިޔުމުގެ މަގުސަދެއް ކަމަށް އައިޑަބްލިއުސީޖީ އިން ބުންޏެވެ.

މަދަހަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދު، ފަސް އަހަރާއި ހަތް އަހަރާ ދެމެދު އަދި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރު ފުރާއެވެ.

މީގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ވެސް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ.

މި މުބާރާތުގައި ބައިވެރިންގެ މަދަހަ އޮންލައިންކޮށް ފޮނުވާގޮތަށް ނިންމާފައިވާތީ 30 މެއި ވަނަ ދުވަހުގެ ރޭގަނޑު 00:00 އާއި ހަމަޔަށް މުބަރާތުގެ ބައިވެރިން ވަނީ އޮންލައިންކޮށް މަދަހަތައް ފޮނުވާފައެވެ.

އިހަވަންދުއަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި މަދަހަ މުބާރާތުގެ މެއިން ސްޕޮންސަރަކީ އިހަވަންދޫ ހޯމް ކަލެކްޝަންއެވެ. ކޯ-ސްޕޮންސަރުންނަކީ ހަބޭސް ބޮޑުބެރު، ރަންކުނާ، ޗާލީ، ހަމަރޯޅިކުރި، ސީ ކިންގު އަދި ޕޮއިސްއެވެ. ޓެކްނިކަލް ޕާޓްނަރަކީ އޭއެސްޕީ ސްޓޫޑިއޯ އަދި ޕްރިންޓިން ޕާޓްނަރަކީ ކަލަ ޑްރޮޕެވެ.

މި މުބާރާތުގެ ފަޑިޔާރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ހަބޭސް ބޮޑު ބެރު ގުރޫޕުގެ ދެ ވޯކަލިސްޓުން ކަމަށްވާ އުބޭދުﷲ އަހުމަދާއި، މޯލްޑިވިއަން އައިޑަލް އިން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިބްރާހިމް ވަހީދު ( ބޮޑުބެ ) އެވެ. މީގެ އިތުރުން މި ދާއިރާގައި ވަރަށް ތަޖުރިބާ ހުރި ހުނަރުވެރި އިހަވަންދޫގެ ދަރިއެއް ކަމަށްވާ މާހީރީ މަންޒިލް، އަލީ މާހިރު(އޭއެސްޕީ) ވެސް ވަނީ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މި މަދަހަ މުބާރާތުގެ، މުޅި މުބާރާތުން އެއްވަނަ އަށްދާ ކުއްޖަކަށް ހަބޭސް ބޮޑުބެރު ގުރޫޕްގެ މަދަހަ އަލްބަމަށް މަދަހަ ކިޔުމުގެ ފުރުސަތުވަނީ އެގުރޫޕްގެ ފަރާތުން ދީފައިވެއެވެ.

ކޮއްކޮމެންގެ މަދަޙަ މުބާރަތުގެ ނަތީޖާ ފާޅުކުރުން ވަނީ 13 ޖޫން ވީ ހޮނިހިރު ދުވަހުގެ ހަވީރު އައިޑަބްލިއުސީޖީ ގެ ފޭސްބުކު ޕޭޖުން ލައިވްކޮއްފައެވެ.

މި މުބާރާތުގެ އެކި އުމުރު ފުރާތަކުން ވަނަވަނައަށް ގޮސްފައިވަނީ

3 އަހަރާއި 5 އަހަރާއި ދެމެދުގެ އުމުރުފުރާ

1 ވަނަ: އުޔޫން ބިންތި ހުސައިން ޔޫޝައު ( މޫނިމާގެ/ ހއ. އިހަވަންދޫ)

2 ވަނަ : ޢުލްވާ ޢަބުއްސަލާމް ( ބިންހިމަގެ/ ހއ. އިހަވަންދޫ)

3ވަނަ :މުހައްމަދު އިލަން ފަތުޙުﷲ ( މޫރިތިގެ/ ހއ. އިހަވަންދޫ)

5 އަހަރާއި 7 އަހަރާއި ދެމެދުގެ އުމުރުފުރާ

1 ވަނަ މުހައްމަދު ޖުވައިލް އިބްރާހިމް ޒުހޫރު ( ބަނަފުސާގެ/ ހއ. އިހަވަންދޫ)

2 ވަނަ މަރިޔަމް ލީން ލަތީފް ( ޕެރިސް/ ހއ. އިހަވަންދޫ)

3 ވަނަ ލުޔޫން މުޙައްމަދު ނަޝީދު ( އާރު/ ހއ. އިހަވަންދޫ)،

7 އަހަރާ ނުވަ އަހަރާ ދެމެދުގެ އުމުރުފުރާ

1ވަނަ މަރިޔަމް މިދުހާ ހާޝިމް މުހައްމަދު ( އަންބަރީގެ/ ހއ. އިހަވަންދޫ)

2 ވަނަ ހައްވާ ޝެޒާ އިސްމާއިލް ( ލުވޭޒާމަންޒިލް/ ހއ. އިހަވަންދޫ)

3 ވަަނަ މުހައްމަދު ޔުއާން ހަސަން ( ހުޅަނގުމަތީގެ/ ހއ. އިހަވަންދޫ)

އައިޑަބްލިއުސީޖީ ކޮއްކޮމެންގެ މަދަހަ މުބާރަތް 2020ގެ އެއްވަނަ ހާސިލް ކޮށްފައިވަނީ މަރިޔަމް މިދުހާ ހާޝިމް މުޙައްމަދެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސް ދިނުމަށް އެހީތެރިވި ހުރިހާފަރާތްތަކަށް އައިޑަބްލިއުސީޖީ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް