ހުޅުމާލެއިން 6.8 ކިލޯގެ ކެނެބިސް އަތުލައިގެންފި، އަގު 5.6 މިލިއަނަށް އަރާ

ހުޅުމާލެއިން އަތުލައިގެން މަސްތުވާތަކެތި -- ފޮޓޯ/ ސީޕީ މުހައްމަދު ހަމީދު

ރޭ ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނެބިސް އަތުލަައިގެންފައި ވާކަމަށް، ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ނާކޮޓިކްސް ޓީމުން ރެއިން ފެށިގެން ހުޅުމާލޭގައި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.

މިހާތަނަށް 6.8 ކިލޯގެ ކެނެބިސް އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށް ސީޕީ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާކެތި ވަނީ ހޯދައިފަ އެވެ. އަދި ނުވަ މީހަކު ހައްޔަރުކޮށް، މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

comment ކޮމެންޓް