ޕާކިސްތާނުގައި ކޮވިޑް-19 ކޭސްތައް މިލިއަނަަކަށް އަރާފާނެ

ޕާކިސްތާނުގެ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް މިނިސްޓަރު އަސަދު އުމަރު --- ފޮޓޯ : އެމްއެސްއެން

މިއަންނަ މަސް ނިމެންވާއިރަށް ޕާކިސްތާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކޭސްތައް އެތައް ގުނައެއް އިތުރުވެ އެ އަދަދު 1.2 މިލިއަނަށް އެރުން އެކަށީގެންވާ ކަމަށް އެގައުމުން ބުނެފި އެވެ.

ޕާކިސްތާނުގެ މިނިސްޓާ އޮފް ޕްލޭނިން، ޑިވެލޮޕްމެންޓް އެންޑް އިނިޝިއޭޓިވް، އަސަދު އުމަރު ވިދާޅުވީ މިހާރު އެގައުމުން ފެންނަ ވައިރަސްގެ ކޭސްތަކާ ގުޅިގެން އެގައުމުގައި ކުރިއަށް އޮތް މަހެއްގެ ތެރޭގައި ވަރަށް ގިނަ ޕޮޒިޓިވް ކޭސްތައް ފެނުން އެކަށީގެންވާ ކަަމަށެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ޖޫން މަހުގެ މެދުތެރޭގައި، މިހާ ހިސާބަށް އައި އިރު ޕޮޒިޓިވް ކޭސްތައް 150،000 ގައި އުޅޭއިރު މި މަސް ނިމޭއިރު އެ އަދަދު ދެ ގުނައަށް އިތުރުވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް އުމަރު ވިދާޅުވެފައިވަނީ އެ ކޭސްތަކުގެ އަދަދު އިތުރުވުމަކީ ސީދާ ކަށަވަރު ކަމެއް ނޫން ކަމަށެވެ. އަދި އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން އެ މައްސަލަ އިތުރަށް ކޮންޓްރޯލުކުރެވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުގައި އަނެއްކާވެސް ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ދާދި ފަހުން ލަފާދީފަ އެވެ.

ޑަބްލިޔުއެޗްއޯގެ ފަރާތުން މަހިޕަލާ ޕާކިސްތާނުގެ ޕްރޮވިންސުތަކަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން އެގައުމުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުންގެ ރޭޓު ވަރަށް މައްޗެވެ. އަދި އޭގެއިން ދައްކުވައި ދެނީ އެގައުމުން އެކަށީގެންވާ ވަރަށް ޓެސްޓު ނުކުރާ ކަމެވެ.

comment ކޮމެންޓް