ހުރާއިން އެ ރަށާ އެއްވަރުގެ ބިމެއް ހިއްކާ ނިންމައިފި

ހުރާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި -- ފޮޓޯ: އެމްޓީސީސީ

ކ. ހުރާ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީ އިން ބުނީ ހުރާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ 25 މާޗުގައި ކަމަށާއި މަސައްކަތް ނިންމާ ސައިޓް ޑިމޮބަލައިޒް ކޮށްފައިވާ ކަމަށެވެ.

ހުރާ ބިިން ހިއްކުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ.

ހުރާގެ ބިން ހިއްކާފައިވަނީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް، ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ.

ދެ ފޭހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފޭސްގެ މަސައްކަތަށް 33.73 މިލިއަން ރުފިޔާ، އަދި ދެވަނަ ފޭސް އަށް 71.32 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

https://sun.mv/108523

އާބާދީގައި 1،163 މީހުން ދިރިއުޅެމުން އަންނަ އެ ރަށުން ދަށުން 23 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބިން ހިއްކުމުގެ ކުރިން އެ ރަށުގެ ބޮޑު މިނަކީ، 25.1 ހެކްޓަރެވެ. ބިން ހިއްކުމާ އެކު އެ ރަށުގެ ބޮޑުމިން 48 ހެކްޓަރު ހުންނާނެ އެވެ.

ރަށުގެ ހިއްކާފައިވާ ސަރަހައްދު ހިމާޔަތް ކުރަން 1،626 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހާ 152 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތޮށިވެސް ލައިފަ އެވެ.

މި ޕްރޮޖެކްޓަށް ޖުމްލަ 105.05 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

comment ކޮމެންޓް