ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރު ކުރަނީ --

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

މިއަދު ހަވީރު މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ، ލ. އަތޮޅުން ފެށިގެން ހއ.އާ ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. ވައިޓް އެލާޓު ނެރެފައި އޮތީ މިރޭ 20:45ގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެލާޓު ލެވެލް ވަނީ މަތިކޮށްފައެވެ.

ހަވީރު 5:30ގައި، މެޓް އޮފީހުން ވަނީ ތ. އަތޮޅުން ފެށިގެން ހއ. އާ ހަމައަށް އެލާޓު ލެވެލް ޔެލޯއަށް މަތިކޮށްފައެވެ. މި އެލާޓު ނެރުނީ މިރޭ 20:30އާ ހަމައަށެވެ.

މެޓް އޮފީހުން ލަފާކޮށްފައި ވަނީ މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނަކަށް އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށެވެ.

comment ކޮމެންޓް