ގެމަނަފުށީ ނެރު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައިފި

ގއ. ގެމަނަފުށި ނެރަށް ވަަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލި ލޯންޗު ރަށު ފަޅު ތެރެއަށް ވައްދަނީ -- ސަން ފޮޓޯ

ގއ. ގެމަނަފުށީ ނެރަށް ވަންނަން ދަނިކޮށް އެ ރަށު ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

މިއަދު ހަވީރު ބަންޑުން ޖަހާލީ އެއަތޮޅު ކޮނޑެއަށް ގޮސްފައި އަނބުރާ ގެމަނަފުއްޓަށް ދަތުރު ކުރި ލޯންޗެކެވެ.

ލޯންޗު ބަންޑުން ޖަހާލީ ގެމަނަފުށީ ނެރަށް ވަންނަން ދިޔުމުގެ ތެރޭގައި ނެގި ރާޅެއްގެ ސަބަބުން ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މި ހާދިސާ ހިނގި އިރު ލޯންޗުގައި ހުރީ ލޯންޗުގެ ކައްޕި އެކަންޏެވެ. ހާދިސާގައި އޭނާއަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވެއެވެ. އޭނާގެ ހާލު ރަނގަޅެވެ.

މިހާރު ބަންޑުން ޖަހާލި ލޯންޗު ކަފު ޖަހައިގެން ރަށުގެ ފަޅު ތެރެއަށް ވަނީ ވައްދައިފައެވެ. އެ މަސައްކަތުގައި ރަށުގެ އާންމުންނާއި ފުލުހުން ބައިވެރިވަމުންދާ ކަމަށް ރަށުގެ ޒުވާނަކު ބުންޏެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާ ކުރަމުންދާ ދުވަސްވެރެކެވެ. މި ވިއްސާރައިގައި ހުވަދު އަތޮޅުން ފެށިގެން އައްޑުއާ ހިސާބަށް މިއަދު ކަނޑު ގަދަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް