ސައިކަލް ކަހާލައިގެން ބްރިޖު މައްޗަށް ވެއްޓި އަނިޔާވެއްޖެ

އިއްޔެ ހެނދުނު ބުރިޖުމަތިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިފައި ---

ސިނަމާލެ ބްރިޖުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތަކެއް ލިބެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު، ބްރިޖުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ފަރުވާއަށް އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުލިބެ އެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާ ވެއްޓިފައި އޮތް އިރު ދުއްވި ސައިކަލް އޮތީ ދިހަވަރަކަށް ފޫޓް ދުރުގަ އެވެ. އަދި އެ މީހާ ލައިގެން ހުރި ފަޓުލޫނު އޮތީ ވަރަށް ބޮޑަށް ވީދައިގެން ގޮސްފަ އެވެ.

ފުރަބަންދާ އެކު މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓް ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

comment ކޮމެންޓް