ޗައިނާއިން ރާއްޖެއަށް 65،000 ޕީޕީއީ ހަދިޔާކޮށްފި

ޗައިނާއިން ފޮނުވި އެހީގެ ޕެކޭޖު--

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ޕީޕީއީ (ސިއްހީ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު) ހަދިޔާކޮށްފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިއީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ޕީޕީއީގެ ތިން ވަނަ ބެޗު ކަމަށެވެ.

މިފަހަރު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ؛

  • ސާޖިކަލް މާސްކު (50،000)
  • މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކު (5،000)
  • ޑިސްޕޯސިބަލް ކަވަރޯލް (5،000)
  • މެޑިކަލް ގޮގްލްސް (5،000)

ސަފީރުގެ ޓުވީޓުގައި ވިދާޅުވީ މިތަކެތި މިހާރު ރާއްޖެއަށް ގެނެވިފައިވާ ކަމަށެވެ.

ޗައިނާއިން މީގެ ކުރިން ދެފަހަރެއްގެ މަތިން ރާއްޖެއަށް އެހީ ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުގެ އެހީއާއި ޗައިނާއަށް ނިސްބަތްވާ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިވެރިން ދިން އެހީވެސް ހިމެނެ އެވެ.

comment ކޮމެންޓް