ހިދުމަތްތައް ހޯދުމަށް މައި އެކައުންޓް ބޭނުންކުރޭ: ދިރާގު

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާގުގެ ހިދުމަތްތައް ފަސޭހަކަމާ އެކު ހޯދުމަށް "މައި އެކައުންޓު" ބޭނުން ކުރުމަށް ދިރާގުން އެދެފި އެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ބޮޑުވެފައިވާ ދުވަސްވަރެއް ކަމަށާއި ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ހިދުމަތްތަކެއް މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް"އަކީ ދިރާގު ކަސްޓަމަރުންނަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.

އެގޮތުން ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލް ދައްކާ އަދި ދިރާގުގެ އެކި އެކި ހިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު މައި އެކައުންޓް ހިދުމަތް ބޭނުން ކުރުމަށް ފަހު، ކަނާތްފަރާތު މަތީކަނުގައި އިންނަ ދިރާގު މައި އެކައުންޓަށް ފިތާލާ، ރެޖިސްޓްރީ ކޮށްލާށެވެ.

ރެޖިސްޓްރީ ވުމަށް ފަހު، އެކައުންޓަށް ލޮގިން ވެ، މައި އެކައުންޓްގެ ހިދުމަތް ބޭނުން ކުރެވޭނެއެވެ.

މައި އެކައުންޓް މެދުވެރިކޮށް ލިބެނެ ހިދުމަތްތައް

1. ބިލް ދެއްކުން :ިލްސް""ޕޭ އަށް ފިއްތާލުމުން އެ ކަސްޓަމަރެއްގެ ނަންމަތީގައި ނަގާފައިވާ ހުރިހާ ދިރާގުގެ ހިދުމަތްތަކުގެ ބިލުތައް ފެންނާނެ އެވެ. މީގެ ތެރޭގައި ގޭގެ އިންޓަނެޓް އަދި މޯބައިލް ޕޯސްޑްޕެއިޑް ފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ހުރިހާ ބިލަކަށް އެކީ އަރާފައިވާވަރު މަތީގައި ބަޔާންކޮށްފައިވާނެ އެވެ. މި ބައިން ކުރީގެ ބިލްތައް ވެސް ބަލާލެވޭނެ އެވެ. އަދި ވަކި ވަކިން ނުވަތަ ހުރިހާ ބިލަކަށް އެކީ މިބައިން ބިލް ދައްކާލެވެނެ އެވެ. ދައްކަންބޭނުންވާ ބިލަށް ފިތާލުމަށް ފަހު މަތީގައިވާ “Pay Now” އަށް ފިއްތާލައިގެން ބިލް ދައްކާލެވޭނެއެވެ. ދިރާގު ޕޭ، ނުވަތަ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ބިލް ދައްކާލެވޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ބިލް ދައްކާލައިގެން އަނެއް މަހުގެ ބިލުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން 30 ޖޫން 2020ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

2.މޮބައިލް އަދި ފިކްސްޑް ބްރޯޑްބެނޭޑް ޔޫސޭޖް ބަލާލުން: "މޮބައިލް ޔޫސޭޖް ގްރާފް" އިން މޮބައިލް ޕޯސްޑްޕެއިޑްގެ ކުރު ހުލާސާއެއް ލިބިގެންދާނެއެވެ. "ޗެކް ފިކްސްޑް ބްރޮޑްބޭންޑް ޔޫސޭޖް" އިން ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ދެވޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ގަޑިއަކު ގޭގެ އިންޓަނެޓް ބޭނުންކުރެވޭ މިންވަރުވެސް ބަލާލެވޭނެއެވެ. އަދި މީގެ އިތތުރުން ބޭނުންކުރެވޭ މިންވަރުގެ ނޮޓިފިކޭޝަން އެސްއެމްއެސްގެ ޒަރިއްޔާއިން ހޯދަން ބޭނުންނަމަ އެސްއެމްއެސް ނޮޓިފިކޭޝަންވެސް އޮން ކޮށްލެވޭނެއެވެ. އަދި ހަމައެއާއެކު ބޫސްޓާވެސް މި ޕޯޓަލް މެދުވެރިކޮށް ގަނެވޭނެއެވެ.

3. ދުމަތްތަކަށް އެޕްލައިކުރުން ނުވަތަ ހުށައެޅުން: "އެޕްލައި އޮންލައިން" އިން ދިރާގުގެ ގިނަ ހިދުމަތްތަކަސް އެޕްލައި ކުރެވޭނެއެވެ. މީގެ ތެރޭގައި ޕޯސްޑްޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖް ބަދަލުކުރުން، ސިމް ރިޕްލޭސްމެންޓް، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން އެހެން ގެޔަކަށް ބަދަލު ކުރުން ފަދަ ގިނަ ކަންތައްތައް މިބައިން ކޮށްލެވޭނެއެވެ. އަދި އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ ވަރު “Application Status” ބައިން ބަލާލެވޭނެއެވެ.

4. ޕްރީޕެއިޑް ރިޗާރޖް: "ރިޗާޖް" އިން ދިރާގު ޕްރީޕެއިޑް ނަންބަރުތަށް ފަސޭހަކަމާއެކު ރީޗާޖުކޮށްލެވޭނެއެވެ. ދިރާގު ޕޭ، ބީ.އެމްއެލް އަދި އެމްއައިބީގެ ޑެބިޓް ނުވަތަ ކްރެޓިޑް ކާޑު މެދުވެރިކޮށް ރީޗާޖުކޮށްލެވޭނެއެވެ.

5. ބިލުގެ ޖުމްލަ އައިސްފައިވާ ގޮތުގެ ތަފްސީލު: ދިރާގު މައިއެކައުންޓް މެދުވެރިކޮށް ބިލްގެ ފުރިހަމަ ތަފުސީލު ބަލާލެވޭނެއެވެ. އެގޮތުން "ބިލިން" އަށް ފިއްތާލުމަށްފަހު "ޗާޖިން ޑީޓެއިލްސް" ބަޔަށް ގޮސް ބޭނުންވާ ދުވަސްތަކާއި ޚިދުމަތް (ޑޭޓާ، ވޮއިސް، އެސްއެމްއެސް) ޚިޔާރު ކުރުމަށް ފަހު އެސްއެމްއެސް ވެރިފިކޭޝަން ކޯޑު ލިބުމުން ތަފުސީލު ބަލާލެވޭނެއެވެ. މީގެ ތެރޭގައި ގުޅާފައިވާ ނަންބަރުތަކަކީ ކޮބައިކަމާއި ޑޭޓާ ބޭނުންކޮށްފައިވާ ގަޑިތަކާ ވަރުގެ ބަލާލެވޭނެއެވެ.

6. ދިރާގު ޕޭ ކޭޝް އިން: ދިރާގު ޕޭ އަށް ފަސޭހަކަމާއެކު ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ކޭޝައިން ކޮށްލެވޭނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ކަމަށާއި އެކުންފުނިން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް