އޭޑީކޭއިން ކޮވިޑް ޓެސްޓް ކޮށްދެނީ އެންމެ ކުޑަ އަގުގައި: އައްފާލް

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވާހަކަފުޅު ދައްކަވަނީ ---- .ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އޭޑީކޭ ހޮސްޕިޓަލުން މިވަގުތު ކޮވިޑަށް ޓެސްޓް ކޮށްދެނީ އެކަން ކޮށްދެވެން އޮންނަ އެންމެ ކުޑަ އަގުގައި ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލު އަހުމަދު ވިދާޅުވެއްޖެ އެވެެ.

ރޭ ކޮވިޑާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްފާލު ވިދާޅުވީ މިވަގުތު ރާއްޖޭގައި ކޮވިޑް ޕީސީއާރު ޓެސްޓް ހަދައިދޭން ކަނޑައަޅާފައި އޮތީ އެއްމެ އަގެއް ކަަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ އަށެވެ. އަދި އޭޑިކޭ ހޮސްޕިޓަލުން ކުރާ ކޮވިޑްގެ ޓެސްޓަކަށް 675ގެ ރޭޓޫން ބިލު ކުރާނީ އައިޖީއެމްއެޗް އަށެވެ.

"އެއީ އޭޑީކޭ ހޮސްޕިޓަލުން ހަދައިދޭ އަގު. ދެން މިވަގުތު ޔަގީންކަމާއެކު އަޅުގަނޑަށް ދަންނަވަން ކެރިދާނެ އެއީ މިވަގުތު ރާއްޖޭގައި ކޮވިޑް ޓެސްޓެއް ހަދައިދޭ އެންމެ ހެޔޮ އަގު." އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް ޓެސްޓްކުރަން ހަމައެކަނި ޕީސީއަރު މެޝިނެއް ގެނެސް ބެހެއްޓުމަކުުން ނުފުދޭ ކަމަށާއި އަދި އިތުރު ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކުރަން ވެސް ޖެހޭ ކަމަށެވެ.

"ހަގީގަތުގައި ލެބެއްގެ ތެރޭގައި އާ ލެެބެއް ގާއިމްކުރަން މި ޖެހެނީ. މީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެން ކުރަން ޖެހޭ ކަމެއް. ޕީސީއާރު މެޝިނެއް ހޯދަން އަޅުގަނޑުމެން އޯޑަރުކޮށްފިން ފެބްރުއަރީގައި. ދުނިޔޭގައި ދުނިޔޭގައި މީގެ ޑިމާންޑާއި މީގެ އެއްޗެއް ލިބުމުގައި ހުރި ދަތިކަމަކީ އަޅުގަނޑުމެންނަށް ހުރި މި މެޝިން އަޅުގަނޑުމެންގެ އަތައްް އައީ މޭމަހު. އެހެންވީމާ ވަރަށް ބޮޑު މަރުހަލާއެއްގެ ތެރޭގައި މިކަން މިކުރަނީ،" އައްފާލު ވިދާޅުވި އެވެ.

އައްފާލު ވިދާޅުވީ ކޮވިޑްއަށް ޓެސްޓް ކުރާ ކޮންމެ ފަހަރަކު މަދުވެގެން ތިން މުވައްޒަފުން ބޭނުންވާ ކަމަށާއި ކޮންމެ މުވައްޒަފަކަށް ވެސްް ފުލް ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންވާ ކަމަށެވެ. އޭގެ ކޮންމެ ޕީޕީއައި ކިޓެއްގެ އަގު 1000 ރުފިޔާ ޖެހޭނެ ކަން ވެސް ފާހަގަކުރެއްވި އެވެެ.

"އެހެން ކަމަށް ވެއްޖިއްޔާ އަގަކަށް އަޅުގަނޑުމެން ވިސްނާލއިފިއްޔާމު ދެން ހުރި ހުރިހާ އެއްޗެތި އެކްސްޓްރެކްޝަނަށް ބޭނުންކުރާ އެއްޗެތި. ރީއޭޖެންޓްސް. ޕްލާސްޓިކްވެއާ. ޓެސްޓްކިޓް. މިހެން ގޮސް ހުރިހާ އެއްޗެއް އެއްވެގެން ޔުނިޓް ކޮސްޓެއް ހަދައިފި ކަމުގައި ވަންޔާމު ހަގީގަތުގައ އަޅުގަނޑުމެން މިދޭ އަގަކީ އަސްލު މީގެ ޔުނިޓް ކޮސްޓަށްވުރެ މާ ކުޑައަގެއް،" އައްފާލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާ ގިނައިން ކޮވިޑް ޓެސްޓްތަކެއް ހަދައިގެން ފައިދާތައް ހޯދުމުގެ ވިސްނުމެއް ވެސް އޭޑީކޭގެ ނެތް ކަމަށެވެ.

comment ކޮމެންޓް