ހަ ދުވަސް ވަންދަން ބާލީގެ ވަޅެއްގެ ތާށިވެފައި ހުރި ޔޫކޭގެ މީހަކު ސަލާމަތްކޮށްފި

ހަ ދުވަސް ވަންދަން ބާލީގެ ވަޅެއްގެ ތާށިވެފައި ހުރި ޔޫކޭގެ މީހަކު ސަލާމަތްކޮށްގެން ގެންދަނީ--

ހަ ދުވަސް ވަންދަން އިންޑޮނީޝިއާގެ ބާލީގެ ވަޅެއްގެ ތެރޭގައި ތާށިވެފައި ހުރި އިނގިރޭސިވިލާތުގެ މީހަކު ސަލާމަތްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސާލާމަތް ކުރި ޖޭކޮބް މެތިއު ރޮބާޓްސް ތާށިވެފައި ހުރީ ބާލީގެ ޕެކަޓޫ ވިލެޖުގައި ހުރި ވަޅެއްގައެވެ.

ތޭރަ ފޫޓުގެ ވަޅަށް އޭނާ ވެއްޓުމާ އެކު ވަނީ ފައިގެ ކަށިގަނޑެއްގައި ރެނދުލައިފަ އެވެ. އެކަމާ ގުޅިގެން އޭނާ ތާށީވީ އެެވެ. އެ ވަޅުގެ ފެނުގެ "ލެވެލް" ހުރީ ވަަރަށް ކުޑަކޮށެެވެ.

ވަޅުގައި އޭނާގެ ހުރެ ހަޅޭއްލަވަމުން ދިޔަ އަޑުތައް އެންމެ ފަހުން މީހުންނަށް އިިވިގެން ވަނީ އޭނާ ސަލާމަތްކޮށްފަ އެެވެ.

ޖޭކޮބް ރޮބާޓްސް ފަހުން ވަނީ އެ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ ބީއައިއެމްސީ ހޮސްޕިޓަލް ނުސާ ދުއާއަށް ގެންގޮސްފައެެވެ. އޭނާގެ ހާލު މި ހާރު ރަނގަޅެވެ.

ބާލީގެ ލޯކަލް ސާޗް އެންޑް ރެސްކިއުގެ ޗީފް ގެޑޭ ދަރުމަދާ ވަނީ ބާލީގެ ވަޅުތައް ރަނގަޅަށް ބަލަހައްޓައި އެ ތަންތަން ރަނގަޅަށް މަތި ޖަހައި ބެހެއްޓުމަށް ގޮވާލައިފަ އެވެ.

ރީތި ގޮނޑުދޮށްތަކާއި ހަނޑޫ ދަނޑުތައް އޮންނަ ބާލީއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް ތަނެކެވެ. އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން ގިނަވެގެން ގޮސް ވަނީ ފަތުރުވެރިންގެ އަތުން ހާއްސަ ޓެކްސްއެއް ނަގަން އުޅޭ ކަމަށްވެސް މިއަހަރު ކުރީކޮޅު ވަނީ އަޑުފެތުރިފައެވެ.--ސީއެންއެން--

comment ކޮމެންޓް