ދަރަނބޫދޫ ބަނދަރުު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ފެށުން -- ފޮޓޯ: އެމްޓީސީސީ

ފ. ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 397 ދުވަސް ތެރޭގައެވެ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑިންގެ މަސައްކަތަށް 38.2 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓެއްކައި 196 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން 42،600 މީޓަރުގެ ސަރަހައްދެއް ފުންކޮށް

މީގެ އިތުުރުން ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމެންޓު ގާއިމްކޮށް ބައްތި ހަރު ކުރާނެއެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދުޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓާއެކު އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދުފަހަރު ގާތްކުރެވޭ މިންވަރަށް ފަޅު ފުންކުރާނެއެވެ.

comment ކޮމެންޓް