ހަނިމާދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހަނިމާދޫ ބަނދަރު މަސައްކަތް ފެށުން -- ފޮޓޯ: އެމްޓީސީސީ

ހދ. ހަނިމާދޫ ބަނދަރުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ ބަނދަރުގެ މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވުމާއެކު، ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ޖޫން އެއްވަނަ ދުވަހުން ފެށިގެން އެކްސްކެވޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން 53،523 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ހިއްކައި ފުންކުރާނެ އެވެ. އަދި 355 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމްކޮށް 50 މީޓަރުގެ ރިވެޓްމެންޓު ޖަހާނެ އެވެ.

މީގެ އިތުރުން 270 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް 1015 މީޓަރުގެ ސަރަހައްދެއްގައި މޭވްމެންޓު ގާއިމް ކުރާނެ އެވެ.

މި ޕްރޮޖެކްޓަށް 57.1 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ޕްރޮޖެކްޓު ނިންމާލާއިރު ބަނދަރު ސަރަހައްދުގައި ލައިޓު ހަރުކުރާނެއެވެ. ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 10 ދުވަހުގެ ތެރޭގަ އެވެ.

އެމްޓީސީސީ އިން ބުނީ ކޮވިޑް19 އާއި ގުޅުގެން ދިވާމާ ލޮޖިސްތިކަލް މައްސަލަތައް ހައްލުކޮށް، ޕްރިކޯޝަނަރީ ފިޔަވަޅުތަކާއެކު ޕްރޮޖެކްޓު ދުވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް