ފްލޮއިޑްގެ މަރު: ދައުވާ ލިބޭ ދެ ފުލުހުން ހިދުމަތާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވޭ

ޖޯޖް ފްލޮއިޑްގެ ހަނދާނުގައި ފާރެއްގައި ކުރަހާފައިވާ އޭނާގެ ފޮޓޯ ޖެހި ކުރެހުމެއް---

ޖޯޖް ފްލޮއިޑްގެ މަރާލުމުގައި އިސް ރޯލެއް އަދާ ކުރި ޑެރެކް ޝޯވިންއަށް ފަހު ދެން ތިބި ތިން ފުލުހުންގެ ތެރެއިން ދެ ފުލުހުން ހިދުމަތާ ގުޅުނުތާ މާގިނަ ދުވަހެއް ނުވާކަން ހާމަވެއްޖެ އެެވެ.

އޭގެ ތެރޭގައި އޮފިސަރު ތޯމަސް ލޭން ހިމެނެ އެވެ. އޭނާގެ ވަކީލް ކޯޓުގައި ބުނީ ތޯމަސްއަކީ ޖޫނިއާ ފުލުސް އޮފިސަރަކަށް ވުމުން ޑެރެކް ފަދަ ސީނިއާ މީހަކު ބުނާ ގޮތް ހެދުން ނޫން ގޮތެއް ނެތް ކަމަށެވެެ. އަދި އެ ހާދިސާ ހިނގިއިރުި ތޯމަސް ހަމައެކަނި ކުރި ކަމަކީ ފްލޮއިޑްގެ ފައިގައި ހިފަހައްޓައިގެން ހުރުން ކަމަށާއި ފްލޮއިޑްއަށް ގޮތެއް ވާހެން ހީވެގެން އެވަގުތުވެސް ކަންބޮޑުވުން ފާޅުކުރިކަމަށް ވަކީލް ބުންޏެވެ. އަދި އެމްބިއުލެންސްގައި ތޯމަސް ފްލޮއިޑަށް ސީޕީއާރު ދިންކަމަށްވެސް ބުންޏެވެ.

ތޯމަސްއަކީ އާ ފުލުހަކަށް ވެފައި، ފްލޮއިޑް މަރާލި ދުވަހަކީ އޭނާ ޕެޓްރޯލްކުރަން ނިކުން ހަތަރު ވަނަ ދުވަސްވެސް ކަމަށް ވަކީލް ބުންޏެވެ.

އެ މައްސަލައިގައި ޝާމިލް ވާ ޖޫނިއާ ޕޮލިސް އޮފިސަރު ޖޭ އެލެކްޒެންޑްރާ ކުއެންގެއަކީ ވެސް ވަރަށް ފަހުން ފުލުހުންގެ ހިދުމަތާ ގުޅުނު މީހެކެވެ. އޭނާގެ ލޯޔަރުވެސް ކޯޓުގައި ބުނީ ކުއެންގްއަކީ ޖޫނިއާ އޮފިސަރަކަށް ވުމުން އެކަމުގައި ކުރެވޭނެ މާބޮޑުކަމެއް ނެތް ކަމަށެވެެ. އެފްރިކަން އެމެރިކަން ދަރިކޮޅަށް ނިސްބަތްވާ ކުއެންގް ފުލުހުންގެ ހިދުމަތާ ގުޅުނީ ކޮމިއުނިޓީއަށް ހިދުމަތްކޮށް ކަންކަން ރަނގަޅުކުރުމުގެ ބޭނުމުގައި ކަމަށްވެސް ވަކީލް ކޯޓުގައި ބުންޏެވެ.

ތިން ފުލުހުން މިހާރު ވަނީ ކަފާލާތުގެ ދަށުން 750،000 ޑޮލަރު ދެއްކުމުން ވަގުތީގޮތުން ދޫކޮށްލައިފަ އެވެ.

ފްލޮއިޑް މަރުވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ޑެރެކް އެތައް އިރެއް ވަންދެއް ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ.

އެމެރިކާގެ މިނިއާޕޮލިސްގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަމުގައި ޝާމިލްވި ހަތަރު ފުލުހަކު މަގާމުން ވަކިކޮށްފައިވާ އެ ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެެ. އަދި އެކަމުގައި ސީދާ ޝާމިލް ނުވާ ތިން އޮފިސަރުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެމީހުންނަށްވެސް 40 އަހަރުގެ ހުކުމެއް އަންނާނެ އެވެެ. -- އެސޯސިއޭޓެޑް ޕްރެސް

ގުޅޭ ޓެގު
comment ކޮމެންޓް