ޅެންވެރިޔާ އަންވަރު ސާގަރް މަރުވެއްޖެ

އަންވަރު ސާގަރް---

އަސަރު ގަދަ ރީތި ޅެންތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ޅެންވެރިޔާ އަންވަރު ސާގަރް މަރުވެއްޖެ އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ގިނަ އަދަދެއްގެ ޅެންތަކެއް ތައްޔާރުކޮށްދީފައިވާ އަންވަރު މަރުވީ މުމްބާއީ ހޮސްޕިޓަލެއް ކަމަށްވާ ކޮކިލާބެން ދިރުބާއީ އަމްބާނީގައި ފަރުވާދެމުން ދަނިކޮށެވެ. އަންވަރު މަރުވީ އުމުރުން 70 އަހަރުގަ އެވެ.

އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ގިނަ ޅެންތަކެއް ތައްޔާރުކޮށްފައިވާ އަންވަރުގެ އެންމެ މަޝްހޫރު އެއް ޅެމަކީ 1992 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޚިލާދީ"ގެ "ވާދާރަހާ ސަނަމް" ހިމެނެ އެވެ.

އަންވަރު ވަނީ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އަނޫ މާލިކް އާއި ރާޖޭޝް ރޯޝަން ފަދަ ޑައިރެކްޓަރުންނާއެކު މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް