ސިދާންތުގެ ފުރަތަމަ ލަވަ ދައްކާލައިފި

ސިދާންތު---

މިިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމު "ގަލީ ބޯއީ"ގައި ރެޕާއެއްގެ ރޯލު ކުޅުނު ސިދާންތް ޗަތުރަވެދީގެ އަޑުން ކިޔާފައިވާ ލަވައެއް ނެރެފި އެވެ.

"ދޫޕް"ގެ ނަމުން ނަންދީފައިވާ މި ލަވަ ސިދާންތް ކީ އިރު މި ލަވައިގެ ޅެން ވެސް ހެދީ އޭނާ އެވެ. އުމުރުން 29 އަހަރުގެ އުންމީދީ އެކްޓަރުގެ ފުރަތަމަ ލަވައިގެ އޯޑިއޯ އަދި ވީޑިއޯ ލަވަވެސް ވަނީ ނެރެފައެވެ.

ގަލީ ބޯއީގެ ކާމިޔާބަށް ފަހު ބޮލީވުޑްގެ ގިނަ ހުށައެޅުންތަކެއް އެކްޓަރު ސިދާންތުއަށް އަންނަނީ ލިބެމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބަންޓީ އޯރް ބަބްލީ 2" އިންނެވެ.

ސްޓާ ސްކްރީން އެވޯޑުގައި ގަލީ ބޯއީ އިން ވަނީ 11 ކެޓަގަރީއަކުން އެވޯޑު ހޯދާފައެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

comment ކޮމެންޓް