އިތުރު 69 މީހަކު ބަލިން ރަނގަޅުވެއްޖެ

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު 69 މީހަކު ރަނގަޅުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 717 އަށް އަރައިފައެވެ.

މިއަދު އެޗްޕީއޭ އިން އާންމު ކުރި އަޕްޑޭޓުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވެފައިވަނީ 11 މީހެކެވެ. އެއީ ބަންގްލަދޭޝް ތިން މީހުންނާއި އަށް ދިވެހިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 1883 އަށް އަރައިފައެވެ.

މީގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 1018 މީހުންނާއި 623 ދިވެހިންނެވެ. މީގެ އިތުރުން 190 އިންޑިއާ މީހުންނާއި 23 ނޭޕާލް މީހުން، އިޓަލީގެ 11 މީހުން، ލަންކާގެ ނުވަމީހުން ޕާކިސްތާނުގެ ތިންމީހުން އަދި އެހެން ގައުމުތަކުގެ ހަތަރު މީހުން ހިމެނެއެވެ.

މިހާރު ކޮވިޑަށް ފަރުވާދެމުންދަނީ 1157 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހަތް މީހަކު ބަލީގައި މަރުވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.

comment ކޮމެންޓް