އެމްއެމްސީއިން ނޫސްވެރިކަމުގެ ސްކޮލަޝިޕަކަށް ހުޅުވާލައިފި

ނޫސްވެރިން ޕްރެސްކޮންފަރެންސެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގެ ނޫސްވެރިކަމުގެ ސްކޯލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހުޅުވާލައިފި އެވެ.

އެމްއެމްސީ އިން ބުނީ، ނުވަ މަސްދުވަހުގެ އެ ކޯހުގައި ރާއްިޖެއިން ދެ ފަރާތަކަަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު ނުވަ ވަނަ ދުވަހު، މެންދުރު 2:00ގެ ކުރިން އެ ކައުންސިލްގެ އީމެއިލް، [email protected] މައުލޫމާތުތައް މެއިލް ކުރެއްވުމަށް އެމްއެމްސީ އިން ވަނީ އެދިފަ އެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ނޫސްވެރިކަން ނޫނީ ކަމާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެމްއެމްސީ އިން ބުންޏެވެ.

"ކޯހުގެ ހަރަދުގެ އިތުރުން، އެއާ ޓިކެޓް ހަރަދު އަދި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ހަރަދު ކޯސް ދޭ ފަރާތުން ހަމަޖައްސާނެ،" އެމްއެމްއެމްސީ އިން ނެރުނު ކުރު ބަޔާނުގައި ބުނެފަ އެވެ.

ކޯހުގައި ބައިވެރިވާން މައުލޫމާތުތައް މެއިލް ކުރާއިރު އެ މީހެއްގެ އައިޑީކާޑު ކޮޕީ، ފޯން ނަންބަރު، ސިވީ، ޑިގްރީ ސެޓްފިކެޓްގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް ހުށަހެޅުމަށް އެމްއެމްސީއިން ވަނީ އެދިފަ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7967919 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް