ނުހިފޭ ރޯދަތަކަށް ކައްފާރާ ދިނުމަށް ފުރުސަތެއް

މެއި 27، 2020: ފިހާރައެއްގެ ތެރޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކި އެކި ސަބަބު ތަކާއިހުރެ ފާއިތުވި ރަމަޟާން މަހު ނުހިފި ހުރި ރޯދަތަކަށް ކައްފާރާ ދިނުމަށް ފަސޭހަގޮތެއް އެހީ ޖަމިއްޔާއިން ތަޢާރަފު ކޮށްފިއެވެ.

މިއީ ކައްފާރާ ދިނުމުގެ ކަންތަކުގައި އަމަލުކުރާނެ އެންމެ ފަސޭހަ އަދި ލުއިގޮތެއްގެ އިންތިޒާރުގައި ތިބި ގިނަ ބަޔަކަށް ލިބޭނެ ލުޔެއް ކަމަށް އެ ޖަމްއިއްޔާއިންް ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެހީވުމަށް އެހީ ޖަމިއްޔާއާއި ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން އެހީއަށް ބޭނުންވާ ބިދޭސިންްނަށް ކޮއްތު ހަމަޖައްސައިދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ކޮވިޑް އިޖާބަ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ރަމަޟާން މަހު އެކި ސަބަބު ތަކާއިހުރެ ނުހިފޭ ރޯދަތަކުގެ ކައްފާރާގެ ގޮތުގައި ކޮއްތު ދޭން ބޭނުންވާ މީހުންނަށް މިއީ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އެހީ ޖަމްއިއްޔާ އިން ބުންޏެވެ.

ބިދޭސީއެއްގެ ތިން އިރުގެ ކޮއްތު ހަމަޖައްސައިދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިއެވެ. ތިން އިރުގެ ކޮއްތުގެ އެހީތެރިކަން ފޯރުކޮށްދެވޭ ޕެކޭޖުގެ ޖުމުލަ އަގަގީ 75 ރުފިޔާއެވެ. އެހީ ޖަމިއްޔާއިން ވަނީ ކައްފާރާގެ ގޮތުގައި ކޮއްތު ފައިސާ ދޭން ބޭނުންވާ ބޭފުޅުން އެހީ ޖަމިއަޔާގެ އެކައުންޓް 7770000014820 އަށް ފައިސާ ޖަމާކުރުމަށްފަހު އެޖަމިއްޔާގެ ވައިބާ ނަންބަރު 7803433 އަށް ރަސީދު ފޮނުވުމަށް އެދިފައެވެ.

ކޮވިޑް އިޖާބައިގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ފުރަބަންދުގެ ހާލަތާއި ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ބިދޭސީންނަށް ކާބޯތަކެތީގެ ޕެކޭޖްތައް އަދި ކާބޯތަކެތީގެ ޕާރުސަލްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެހީ ޖަމިއްޔާއިން ބުނީ މި ޕްރޮޖެކްޓު ވަރަށް ކާމިޔާބު ކަމަށާއި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެހީއަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަށާއި އަދި ގިނަ އަދަދެއްގެ ބިދޭސީއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް