ބައިނަލްއަގުވާމީ އެއާލައިންތައް ޗައިނާއަށް ދަތުރުކުރުމުގެ ހުއްދަ ދެނީ

އެއާ ޗައިނާގެ ބޯޓުތަކެއް--

އެެމެރިކާގެ ބިރު ދެއްކުންތަކާއެކު ބައިނަލްއަގުވާމީ ފްލައިޓްތައް ޗައިނާއަށް ދަތުރުކުރުމުގައި ކުރިން އޮތް ދަތިތަކަށް ޗައިނާއިން ލުޔެއްދީފި އެވެ.

ވައިގެ ދަތުރުފަތުރުތައް ޗައިނާއިން ކޮންޓްރޯލްކުރީ ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދިޔުމާާއެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. ކޮރޯނާވައިރަސް ޗައިނާގައި އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ވިޔަސް، އެމެރިކާގައި ހަލުވިކަމާއެކު އަދިވެސް ބަލި ދަނީ ފެތުރެމުންނެވެ.

ޗާއިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރެވޭއިރު އެމެރިކާގެ އެއާލައިންތަކަށް ޗައިނާއަށް ދަތުރުނުކުރެވޭ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެެ. ހުދު އެމެރިކާގެ އެއާލައިންތަކުން ބުނީ ދެ ގައުމުގެ އެއާލައިންތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް އޮންނަން ޖެހޭނެ ކަމަށެެވެ.

އެ މައްސަލަ މާބޮޑަށް ހޫނުވެ، އެކަމުގައި ޗައިނާއިން ލުޔެއް ނުދީފިނަމަ އެގޮތުން އަންނަ މަހު 16 އިން ފެށިގެން ޗައިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރުން ހުއްޓުވަން ވެސް އެމެރިކާއިން ކުރިން ވަނީ ނިންމައިފަ އެވެެ. އެގޮތަށް ހަދައިފިނަމަ އެއާ ޗައިނާ، ޗައނާ އީސްޓާން އެއާލައިންސް، ޗައިނާ ސަދަން އެއާލައިންސް އަދި ހައިނާން ފަދަ ޗައިނާގެ އެއާލައިންސްތަކަށް އެމެރިކާއަށް ދަތުރެއް ނުކުރެވޭނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ޖާއޯ ލީޖިއާން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އަލުން ފްލައިޓްތައް ފެށުމުގެ ގޮތުން ލުއިތަކެއް ދީފައިވާ ކަމަށާއި އެއާއެކު އެެމެރިކާއިން ފްލައިޓްތައް ފެށުމަށް ހުރަސް ނާޅާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރުން އިއްޔެ ބުނީ ޗައިނާއަށް މިހާރު ދަތުރުކުރުނުކުރެވޭ ބޭރުގެ އެއާލައިންތަކަށް އަންނަ ހޯމައިން ފެށިގެން އެގައުމުގެ ކޮންމެެވެސް އެއް މަންޒިލަކަށް ފްލައިޓްތައް ބޭއްވޭނެކަމަށެވެ. އައި ރިސްކާއި ގާބިލްކަން ބެލުމަށްފަހު މަޑުމަޑުން އިތުރު ފްލައިޓްތައް ބޭއްވޭނެކަމަށްވެސް ބުނެފައިވެ އެވެެ.

ފްލައިޓްތަކަށް ހުއްދަދޭއިރު ޖައްސަ ޖައްސައިގެން ތިން ހަފްތާ ވަންދަން ކޮވިޑް ހުރި ފަސެންޖަރަކު ނުގެންނަ އެއާލައިންއަކަށް އިތުރު ފްލައިޓްތައް ބޭއްވޭނެ އެވެ. އަދި ކޮވިޑް ޖެހިފައިވާ ފަސް ފަސެންޖަރުން އުފުލައިފިނަމަ ހަފްތާއަކަށް އެއާލައިން ސަސްޕެންޑްކުރާއިރު 10 ކޮވިޑް ފަސެންޖަރުން އުފުލައިފިނަމަ މަސް ދުވަހަށް އެއާލައިން ސަސްޕެންޑް ކުރާނެ އެވެ.

ކޮރޯނާއާ ގުޅިގެން މިދިޔަ މާޗް 12 އިން ފެށިގެން ބޭރުގެ އެއާލައިންތަކަށް ޗައިނާއަށް ދަތުރުކުރެވެނީ ހަފްތާއެކު އެއް ދުވަހު އެކަންޏެވެ. ނަ

މަވެސް ޗައިނާގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކުރުމާއެކު އެމެރިކާގެ އެއާލައިންތަކުން ވަނީ ޗައިނާއަށް ދަތުރުކުރުން ހުއްޓާލައިފަ އެވެެ. އަދި އޭގެ ފަހުން އެެމެރިކާގެ އެއާލައިންތަކުން ޗައިނާއަށް ދަތުރުކުރަން ޗައިނާއިން ހުއްދަ ދޫކޮށްފައެއް ނުވެ އެވެ.

މިދިޔަ ޖެނުއަރީމަހު އެކަނިވެސް އެމެރިކާއާ ޗައިނާއާ ދެމެދު 325 އަށްވުރެ ގިނަ ވައިގެ ދަތުރުތައް ބޭއްވިއިރު މާޗްއާ ހިސާބަށް އައިއިރު އެ އަދަދު ވަނީ 34 އަށް ވެއްޓިފަ އެވެެ. -- ބީބީސީ

comment ކޮމެންޓް