ތިމާވެށީގެ ދުވަހާ ގުޅިގެން ހާއްސަ ވައިބާ ސްޓިކާ ޕެކެއް ތައާރަފްކޮށްފި

ތިމާވެށީގެ ދުވަހާ ގުޅިގެން ނެރުނު ސްޓިކާ ޕެކް އަދި ކިއުއާރުކޯޑް--

މާދަމާ ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ވައިބާ ސްޓިކާ ޕެކޭޖެއް އެންވަޔަރަމަންޓް މިނިސްޓްރީން ތައާރަފްކޮށްފި އެވެެ.

ވައިބާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު، އަދި ގިނަ އަދެދެއްގެ ދިވެހިން ބޭނުންކުރާ އެޕްލިކޭޝަނެއްކަށްވާއިރު، މިއީ ތިމާވެއްޓާ ގުޅޭގޮތުން ހާއްސަ ވައިބާ ސްޓިކާތަކެއް ތައާރަފްކުރި ފުރަތަމަ ފަހަރެެވެ.

އެ ވައިބާ ސްޓީކާ ޕެކުގައި، ހަކަތައާއި، ފެނާއި، ކުނިނޭޅުމުގެ އިތުރުން ތިމާވެށްޓާއި ގުޅޭ އެކި މެސެޖުތައް ހިމެނެ އެވެ.

ކިއުއާރުކޯޑް ނުވަތަ ވެބްސައިޓް ލިންކް ބޭނުންކޮށްގެންވެސް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް އެ ޕެކް ޑައުންލޯޑް ކުރެވޭނެކަަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައި މިވަނީ ކޮވިޑް-19 ގައި ސަބަބުން ގައިދުރުކުރުމާއި ފުރަބަންދުގައި ގިނަ ރައްޔިތުން ދިބި ދުވަސްވަރެއް ކަމުން އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެެވެ.

comment ކޮމެންޓް