މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން

މެއި 26، 2020: މަސްވެރިން ޕާކްކައިރީ އެމްބިއުލައިންސްތައް ޑިސްއިންފެކްޓް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު 22 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 1872 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވީ ނުވަ ދިވެހީންނާއި ބަނގްލަދޭޝްގެ 10 މީހުންނާއި އިންޑިއާގެ ތިން މީހުން ކަމަށެވެ.

ނަމަވެސް އެ މީހުންނަކީ އެއްވެސް ކްލާސްޓާ އަކާއި ގުޅުމެއް ހުރި ނުވަތަ އިންޑިޕެންޑެންޓް ކޭސްތަކެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފަ އެއް ނުވެއެވެ.

މާލެއިން ކޮވިޑްގެ ކޭސްއެއް ފެނި ފުލް ލޮކްޑައުނަކަށް ގޮސްފައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، މިހާރު އަންނަނީ ލުއިތަކެއް ދެމުންނެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު 648 އަށް ވަނީ އަރާފައެވެ. ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،215 އެވެ.

އެ ވައިރަސް ޖެހިގެން މިހަފްތާގައި ވަނީ އުމުރުން 85 އަހަރުގެ އަންހެނެއް މަރުވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ހަތަކަށް ވަނީ އަރާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް