ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ރޯޖާ"ގެ ސީކުއަލެއް ހަދަން އުޅޭ ކަމުގެ އަޑުފެތުރިއްޖެ އެވެ.
ހަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު މަނީ ރަތުނަމް ވަނީ ފިލްމުގެ ދެވަނަ ބައެއް ހަދަން ނިންމައި ފިލްމުގެ މަސައްކަތްތަށް ވެސް ފަށާފައިކަމަށެވެ. މީގެ 28 އަހަރު ކުރިން ނުކުތް އެ ފިލްމުގައި ހަރަކާތްތެރިވި ލީޑު ތަރިންނަކީ އަރުވިންދު ސުމާވީ އާއި މަދޫ އެވެ. އަދި މި ފިލްމުގައި ޕަންކަޖް ކަޕޫރުވެސް ހަރަކާތްތެރިވެ އެވެ.
ބައެއް ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯލު ކުޅޭނީ ދަލްގޫރް ސަލްމާން ކަމަށެވެ. އޭނާ އެ ފިލްމުގެ ލީޑު ރޯލު ކުޅުން ނަމަވެސް ފުރަތަމަ ފިލްމުގެ ލީޑު ތަރި އަރުވިންދު ވެސް ފެނިގެންދާނެ އެވެ.
މި ފިލްމުގެ ސީކުއަލެއް ހަދާކަން ބައެއް މީޑިއާތަކުން ބުނި ނަމަވެސް ބޭރުގެ ނޫހެއް ކަމަށްވާ ރިޕަބްލިކްވޯލްޑް އިން ބުނީ މި ފިލްމުގެ ސީކުއަލެއް ހަދަން ޑައިރެކްޓަރު މަނީ ނުވެސް ވިސްނާ ކަމަށެވެ. އެކަމާ ގުޅިގެން މަނީ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.