ތިން ރަށެއްގައި އުރީދޫ ޑިޖިޓަލް ސެންޓަރު ހުޅުވައިފި

އުރީދޫ ޑިޖިޓަލް ސެންޓަރު -- ފޮޓޯ: އުރީދޫ

ތިން ރަށެއްގައި އުރީދޫ އިން ޑިޖިޓަލް ސެންޓަރު ހުޅުވައިފިއެވެ.

އުރީދޫ އިން ބުނީ ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ގދ ތިނަދޫގައި ޑިޖިޓަލް ސެންޓަރު ގާއިމްކޮށްފައިވާ ކަމަށެވެ.

މިއާއެކު އެ ސެންޓަރުތަކުގައި ގާއިމްކޮށްފައިވާ މި ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، ބިލަށް ފައިސާ ދައްކައި، ރީޗާޖްކޮށް، ކޭޝް އިން ޕްރޮސެސް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ވަނީ ޑިޖިޓަލް ސެންޓަރުތަކުގައި އިޖުތިމާއީ ގައިދުރުކަން ޕްރެކްޓިސް ކުރުމަށް އެދިފައެވެ.

އުރީދޫ އިން ވަނީ މާލޭގައިވެސް މިފަދަ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފައެވެ. މި ސެންޓަރުން ޕްރީޕެއިޑް ސިމް ކާޑު ބައްލަވައިގަތުމާއި ބިލަށް ފައިސާ ދެއްކުން އަދ ރިޗާޖުގެ ހިދުމަތާއި އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތް ލިބެއެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ

comment ކޮމެންޓް