ހަފްތާއަކު ދެ ދުވަހު އިލެކްޝަންސް ކޮމިޝަން ހުޅުވަނީ

ސަން ފައިލް ފޮޓޯ

ސަރުކާރު އޮފީސްތައް ހުޅުވަން ނިންމާފައިވާ މުއްދަތުގައި، ހަފްތާއަކު ދެ ދުވަހު އިލެކްޝަންސް ކޮމިޝަން ހުޅުވަން ނިންމައިފި އެވެ.

ކޮވިޑް19 އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން 31 މޭ އިން ފެށިގެން 11 ޖޫން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސް އޮފީހުން ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މުއްދަތުގެ ތެރޭގައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހެއްގައި 11:00 އިން 14:00 އަށް އެ ކޮމިޝަން ހުުޅުވާފައި ހުންނާނެ ކަމަށެވެ.

ކޮމިޝަނުން ބުނީ ސަރުކާރު އޮފީސްތަކާއި އާންމު ފަރާތްތަކުން އެ ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ކޮމިޝަންގެ އީމެއިލް އަދި އީގަވަމެންޓް (ޖެމްސް) މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

ސަރުކާރު އޮފީސްތައް ހުޅުވާފައި ވާއިރު ހުރިހާ އޮފީހެއްވެސް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ހަތަރު ގަޑީގެ ޝިފްޓަކަށް ގިނަވެގެން ފަސް މީހުންނަށެވެ.

comment ކޮމެންޓް