އެމެރިކާގެ މުޒާހަރާތައް: މަރާލި އެފްރިކަން އެމެރިކަން ފުލުސް މީހާގެ ހިތްވަރަށް ޓްރަމްޕްގެ ތައުރީފުކުރައްވައިފި

މުޒާހަރާތަކުގައި މަރާލި އެފްރިކަން އެމެރިކަން އެމެރިކަން ފުލުސް މީހާ--

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން މިހާރު ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތަކުގައި މަރާލި އެމެރިކާގެ ފުލުހުންގެ ކުރީގެ ސާޖަންޓް ޑޭވިޑް ޑޯންގެ ހިތްވަަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ.

ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވަނީ ޑޯންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އޭނާ މަރާލި އަމަލަކީ ވަރަށް ރަހުމްކުޑަ އަމަލެއް ކަމަށް ވިދާޅުވެ ޑޯންގެ ހިތްވަރުގަދަކަމަށް ޓްރަމްޕް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

ޑޯން މަރާލައިފައި ވަނީ ފިހާރައެއް ލޫޓުވަމުން ދިޔަ ބަޔަކު ހުއްޓުވަން އުޅުމުގެ ތެރޭގައެވެ. ޑޯންއަކީ އެ ފިހާރައިގެ ވެރިމީހާގެ ރައްޓެއްސެއްވެސް މެެެއެވެ. އަދި ފިހާރައިގެ އެލާމް ރިންގްވާން ފެށުމުން އޭނާ ވަނީ އެ ތަނަށްގޮސް އެކަނިމާއެކަނި ލޫޓްވަމުން ދިޔަ މީހުންނާ ކުރިމަތިލައިފަ އެވެ.

އޭނާގެ ފުރާނަ ނެތް މަސްގަނޑު އިއްޔެ ފެނުނީ ފިހާރަ ދޮރުމަތިންނެވެ.

އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހުރިހާ ނަސްލުތަކުގެ ހަމަހަމަކަމަށް ވަކާލާތުކުރާ އެފްރިކަން އެމެރިކަން މީހުންގެ މެޖޯރިޓީ އޮންނަ އެތިކަލް ސޮސައިޓީ އޮފް ޕޮލިސްއިން ވަނީ ޑޯން މަރާލި މައްސަލަ ވަަރަށް ބޮޑް ކުށްވެރިކޮށްފައެވެ.

ސޯޝަލް މީޑިއާގައި ޑޯންއަށް "ބަތަލެއް"ގެ ދަރަޖަ ލިބިފައިވިޔަސް އޭނާޣެ ވާހަކައަށް ބޮޑެތި މީޑިއާތަކުން ސަމާލުކަމެއް ނުދެއެވެ. އަދި އެ މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން ބޮޑެތި މީޑީއާތަކަަށް ވަނީ އަމާޒުވެފައެވެ.

އާރުޓީ

comment ކޮމެންޓް