ޗައިނާގެ ފްލައިޓްތައް އެމެރިކާއަށް ދިއުން ހުއްޓުވަނީ

އެއާ ޗައިނާގެ ބޯޓުތަކެއް--

ޗައިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރުން ހުއްޓުވަން އެމެރިކާއިން ނިންމައިފި އެވެ.

އެގޮތުން އަންނަ މަހު 16 އިން ފެށިގެން ޗައިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އަމުރުކުރައްވައިފަ އެވެ.

ޗައިނާއާ އެމެރިކާއާ ދެމެދު މިހާރު އޮންނަ އެއްބަސްވުމުގެ ދަށުން ދެ ގައުމުންވެސް ހަމަހަމަ ފުރުސަތުތައް އޮންނަން ޖެހެ އެވެ. ނަމަވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އެއާއެކު އެއާ ޗައިނާ، ޗައނާ އީސްޓާން އެއާލއިންސް، ޗައިނާ ސަދަން އެއާލައިންސް އަދި ހައިނާން އެއާލައިންސްތަކަށް އެމެރިކާއަށް ދަތުރެއް ނުކުރެވޭނެ އެވެ.

ޗައިނާގެ ފްލައިޓްތައް ހުއްޓުވަން ނިންމިއިރު އެެމެރިކާގެ ފްލައިޓްތަަކަށް މިހާރުވެސް ޗައިނާއަށް ދަތުރެއް ނުކުރެވެއެވެ. އަދި އެމެރިކާގެ ފްލައިޓްތަކަށް އަލުން ހުއްދަ ދޭނެ ދުވަހެއް ޗައިނާއިން ހާމައެއް ނުކުރެ އެވެ.

އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާގެ ޑެލްޓާ އަދި ޔުނައިޓެޑް އެއާލައިންސްތަކުން ޗައިނާއަށް ދަތުރުތައް ފެށުމުގެ ހުއްދައަށް މިމަހު ވަނީ އެދިފައެވެ. ނަަމަވެސް އެ ހުއްދައެއް ލިބިފައެއް ނުވެއެވެ. ޑެލްޓާއިން ނެރުނު ބަޔާނުގައި ވަނީ އެމެރިކާގެ ސަރުކާރުން ޗައިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރުން ހުއްޓުވުމުން އެކަމަށް މަރުހަބާ ކިޔައިފއެވެެ. ޑެލްޓާއިން ބުނީ ދެ ގައުމަށްވެސް ހަމަހަމަ ފުުރުސަތު އޮންނަން ޖެހޭނެ ކަމަށެވެެ. -- ގާޑިއަން

comment ކޮމެންޓް