މިނިސްޓަރު ނަހުލާ މިރޭ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރަނީ

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިރޭ ހާޒިރުކުރަން ނިންމައިފިއެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ މިރޭ 9:00 ގައި އެ ކޮމިޓީގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ އޮންލައިން ކޮށް ކަމަށެވެ.

އެ ބައްދަލުވުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި އިތުރު ބޭފުޅުންތަކެއް ހާޒިރުކުރަން ވަނީ ނިންމާފައެވެ.

އެ ކޮމިޓީގެ މެމްބަރަކު ވިދާޅުވީ މިނިސްޓަރު ނަހުލާ ކޮމިޓީއަށް ހާޒިރުކުރަން ކުރަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން މީގެކުރިން ވަނީ އެހެނިހެން މިނިސްޓަރުން ވެސް އެ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މިނިސްޓަރު ނަހުލާ ބައިވެރިވެރިވެވަޑައިނުގަންނަވާތީ ގިނަ ބަޔަކު ވަނީ އެކަމަނާ އަށް ފާޑުވިދާޅުވެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓަރު ނަހުލާ ހުންނެވީ ރިސޯޓެއްގައި ކަމަށާއި އެކަމަނާ ރިސޯޓަށް ވަޑައިގެންނެވީ ރިސޯޓު އޯނަރުންނަށް ރިސޯޓުތަކަށް ދިޔުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް