ވަޒީފާ އަށް އަސަރުކުރި 255 މީހުންނަށް އިނާޔަތް ދީފި

މޭ، 23، 2020 - ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް އަދި މާލިއްޔާއަށް ކުރާ އަސަރާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ/ އެންއީއޯސީ

ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ގެއްލުމުގެ ސަބަބުން ވަޒީފާ އަށް އަސަރުކޮށްފައިވާ 255 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ 255 މީހުންނަށް އެލަވެންސްގެ ގޮތުގައި ދިނުމަށް 1.06 މިލިއަން ރުފިޔާ މިހާތަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މި ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވެންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި އޮތީ މެއި މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ.

މެއި އެކަކުން ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫން އެވެ.

ޖޫން އެކަކުން ން 30 ޖޫންގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.

comment ކޮމެންޓް