އެޗްޕީއޭގެ އެންގުމަށް ޓެކްސީތަކަށް ޕާޓިޝަން!

ޓެކްސީ އެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޑްރައިވަރުގެ ސީޓާއި އާންމުން ތިބޭ ޝީޓްތައް ވަކިކުރަން ޕާޓިޝަން ޖަހަން ފަށައިފި އެވެ.

ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އިބްރާހިމް މިއަދު"ސަން" އަށް ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ހުރިހާ ޓެކްސީތަކުގައި ޕާޓިޝަން ޖަހާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

ޓެކްސީއެއްގައި ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަބްދުﷲ އިބްރާހިމް

ޕާޓިޝަން ޖެހުމަށް ބޭނުން ކުރަނީ ބޯ ސެލޯފޭންއެވެ.

"ބޯ ސެލޯފިން މި ބޭނުން ކުރަނީ. މިހާރުވެސް ވަރަށް ގިނަ ޑްރައިވަރުން ޕާޓިޝަން ޖަހައިފި. ބޯ ސެލޯފިނާ ކޭސިން ބޭނުންކޮށްގެން ވަރަށް ފަސޭހައިން އެކަން އެބަ ކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.

ޓެކްސީއެއްގައި ޕާޓިޝަން ޖަހާފައި -- ފޮޓޯ: އަބްދުﷲ އިބްރާހިމް

އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންގައިވާގޮތުން ޓެކްސީތަކުގައި ޑްރައިވަރާ ފަސިންޖަރުގެ ސީޓާ ދެމެދު ހުންނަންވާނީ ޕާޓިޝަން ޖަހައިފަ އެވެ. އަދި ޕަސިންޖަރުން ތިބެންވާނީ ޓެކްސީގެ ފަހަތު ސީޓުގައި ކަމަށާއި ގިނަ ވެގެން އެރުވޭނީ ދެ ފަސިންޖަރުން ކަމަށް ގައިޑްލައިންގައިވެ އެވެ.

މީގެ އިތުރުން ޓެކްސީތަކުގެ ދޮރުތައް ވައިދައުރުވާހެން ހުންނަންވާނީ ބިއްލޫރިތައް ކަހާލާފައި ކަމަށާއި ޓެކްސީ އަށް ފައިސާ ދެއްކުމަށް އޮންލައިން ނިޒާމެއް ނުވަތަ އިލެކްޓްރޯނިކް ނިޒާމެއް ގާއިމް ކުރެވިފައި ހުންނަންވާނެ ކަމަށް އުސޫލުގައި ވެއެވެ.

ޓެކްސީއެއްގައި ޕާޓިޝަން ޖަހާފައި -- ފޮޓޯ: އަބްދުﷲ އިބްރާހިމް

ކޮވިޑާ ގުޅިގެން މީގެ ކުރިން ޓެކްސީ ސެންޓަރަކަށް ހަ ހުއްދަ ދޫކުރި ނަމަވެސް މިހާރު މިއަދަދު ވަނީ 10 އަށް އިތުރު ކޮށްފަ އެވެ.

comment ކޮމެންޓް