2090 ކުންފުންޏަކުން ވިޔަފާރީގެ ހުއްދައެއް އެދިފައިވޭ: ސިޓި ކައުންސިލް

މެއި 27، 2020: މަޗީދީމަގު ފިހާރައެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން އަށް ލުޔެއް ދިނުމުގެ ފުރަތަމަ ފިޔަވަހީގައި އިތުރު 2090 ކުންފުންޏަކުން ވިޔަފާރީގެ ހުއްދައަށް ހުށަހަޅަފައިވާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފި އެެވެ.

މާލެ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދި ހުޅުވާލީ މިދިޔަ ހުކުރު ދުވަހުއެވެ.

މާލެ ސީޓި ކައުންސިލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮަށް ވިޔަފާރި ހުއްދަ އަށް މޭ 29 އިން ފެށިގެން 17 ބާވަތެއްގެ ވިޔަފާރިތައް ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި ކަމަށެވެެ.

އެގޮތުން 2090 ކުންފުންޏާއެކު ޖުމްލަ 3480 އެޕްލިކޭޝަން ލިބިފަިއވާ ކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ. އަދި 9207 މުވައްޒަފަކު ވަނީ ފާހަށްވެސް އެދިފައެވެ.

ސިޓީ ކައުިންސިލްއިން އިތުރަށް ބުނީ ހުއްދައެއް އެދުނު ހުރިހާ ފަރާތެއްގެ ތަފްސީލްތައް މިހާރު އިކޮނޮމިކްސް މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ވެރިފައި ކޮށް ނިމި މާދަމާ ފުލުހުން ފާސްތައް ދޫކުރަން ފަށާނެކަމަށް ބުންޏެެވެ.

މީގެ ކުރިން އާންމުންނަށް ދޫކޮށްފައި ހުރި ހުއްދަތަކާއި ވިޔަފާރި ހުއްދަތަައް އަދިވެސް ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރު ހުއްދައަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށާއި މިހާރު ހުށަހެޅިފައިވާ ހުއްދަތައް ޕްރޮސެސްކޮށް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހުއްދަ ދޫނުކުރާނީ ހަމައެކަނި ކަރަންޓީނުގައި ނުވަތަ އަންޑާ މޮނީޓަރިންގެ ދަށުގައި ހުރި ތަންތަނަށް އެކަނި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ

comment ކޮމެންޓް